ފަލަސްތީނުެ ޣައްޒާ ސިޓީގެ ޒީތޫން އަވަށުގައި ހަމާސްއާ ދެކޮޅަށް މިއަދު ހެނދުނު ހިނގި ކުރިމަތިލުންތަކުގައި އިސްރާއީލުގެ ހަތަރު ސިފައިން މަރާލާފައިވާ ކަމަށް އެ ގައުމުގެ އަސްކަރިއްޔާ (އައިޑީއެފް)އިން ބުނެފިއެވެ.
މި ހާދިސާގައި މަރާލާފައި ވަނީ ނަހަލް ބްރިގޭޑްގެ 931 ވަނަ ބަޓަލިއަންގެ އޮފިސަރުންތަކެވެ. މަރާލި ހުރިހާ އޮފިސަރުންގެ އުމުރަކީވެސް 19 އަހަރެވެ.
އެ ހާދިސާގައި އެ ބަޓަލިއަންގެ އިތުރު އޮފިސަރަކާއި ސިފައިންގެ މީހަކަށް ވަނީ ސީރިއަސް އަނިޔާތަކެއް ލިބިފައެވެ.
އައިޑީއެފްގެ އިބްތިދާއީ ތަހުގީގަށް އެނގިފައިވާ ގޮތުގައި އެ ހަތަރު ސިފައިން މަރާލާފައިވަނީ އެއްޗެއް ގޮއްވާލާއިގެންނެވެ.
ހަމާސްގެ ހަރަކާތްތައް ހިންގާކަމަށް ތުހުމަތު ކުރެވޭ ސްކޫލް ކޮމްޕްލެކްސްއެއް ސިފައިން ބަލައި ފާސްކުރަމުންދާ ކަަމަށްވެސް އައިޑީއެފް އިން ބުނެފައިވާއިރު، އެ ސްކޫލުގެ ސަރަހައްދުން ހަތިޔާރާއި މަދުވެގެން އެއް ޓަނަލް ފެނިފައިވާ ކަމަށްވެސް ބުނެފައި ވެއެެވެ.
އައިޑީއެފް ވަނީ އެތައް ފަހަރެއްގެ މަތިން ޒީތޫން އަވަށަށް އެނބުރި ގޮސްފައެވެ.
އެ ހަތަރު ސިފައިންގެ މަރާއެއެކު ޣައްޒާގައި ސިފައިންނަށް ދިން އެއްގަމު ހަމަލާތަކުގައި މަރުވި ސިފައިންގެ އަދަދު 271 އަށް ވަނީ އަރާފައެެވެ.
ސީދާ ނަރަކަޔަށް އިންޝާ ﷲ.