ރިސޯޓެއްގައި މޫދަށް އެރި އުޅުނު ފަތުރުވެރިއަކު ސަލާމަތް ކުރަން މޫދަށް ފުންމާލި ދިވެހި މުވައްޒަފަކު ނިޔާވެއްޖެއެވެ.

ފުލުހުން ވިދާޅުވީ، އދ. ސެންތާރާ ރިސޯޓުގައި މޫދަށް އެރިއުޅުނު ފަތުރުވެރިއަކު ގެނބިގެން އެމީހާ ސަލާމަތް ކުރަން މޫދަށް ފޭބި މީހަކު ގެނބިގެން ފަރުވާ ދެމުންދާ ކަމަށް މިއަދު 11:05 އެހާކަންހާއިރު ރިޕޯޓް ކޮށްފައިވާ ކަމަށެވެ. ފުލުހުން ވިދާޅުވީ، އެމީހާ ދަނގެތި ހެލްތް ސެންޓަރަށް ގެންދިޔައިރު ވެސް ނިޔާވެފައިވާ ކަމަށް ހެލްތް ސެންޓަރުން މައުލޫމާތު ދީފައިވާ ކަމަށެވެ.

ފުލުހުން ވިދާޅުވި ގޮތުގައި އެއީ 39 އަހަރުގެ ދިވެހި ފިރިހެނެކެވެ.

މިހާދިސާގައި ގެނބުނު ފަތުރުވެރިޔާގެ ހާލު ރަނގަޅު ކަމަށް މައުލޫމާތު ލިބޭ ކަމަށް ފުލުހުން ވިދާޅުވެފައިވާއިރު، ފުލުހުން ވަނީ މިހާދިސާއާއި ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް ވެސް ވިދާޅުވެފައެވެ.

"ވަގުތު" އަށް އެނގިފައިވާ ގޮތުގައި ނިޔާވެފައިވަނީ އައްޑޫސިޓީ ހިތަދޫއަށް އުފަން އަފްސަލް ނަމަކަށް ކިޔާ ޒުވާނެކެވެ. އޭނާ ނިޔާވެފައިވަނީ ފަތުރުވެރިޔާ ސަލާމަތް ކުރަން މޫދަށް ފުންމާލުމުން ގެނބިގެން ކަމަށްވާއިރު، ގެނބުނު ފަތުރުވެރިޔާ ސަލާމަތްވެފައިވާ ކަމަށް ވެސް މައުލޫމާތު ލިބިފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. ހަސަން ފުތާ

    އަފުސަލުއަށް ﷲ ޖަންނަތުލް ފިރުދައުސު ދެއްވާޝި. ޢާމީން

    127
    0
  2. ޢަބްދުލްމުހައިމިން

    އިންނާ ލިއްލާހި ވައިންނާ އިލައިހި ރާޖިޢުން. މަރްޙޫމު އަފްސަލްގެ ފުރާނައަށް ހެޔޮ ރަޙްމަތް ލައްވައި ސުވަރުގޭގެ މަތިވެރި ދާއިމީ ނިޢުމަތް މިންވަރުކުރައްވާށި! އަދި ޢާއިލާ އަށް ކެތްތެރިކަން މިންވަރުކުރައްވާށި! އާމީން

    113
  3. ހަސަނުގެ ދަރި ލަތީފް

    ޜިސޯރޓް ތަކުގަ ލައިފް ގާރޑްން ބައިތިއްބަން ޖެހޭ އެކަމެއް ނުކުރޭ

    86
    2
  4. ސަންޓޯ

    ތިވީ މާމޮޅަކައްނު. ރިސޯޓައް ރާބޯލާ މަޖާކޮއްލަން އައި ދޮން ކާފަރު ކަލޭގެ ސަލާމަތްކުރަން މީނަ މި ގުރުބާންވީ...،،، ހުރި ހިތާމައެއްގެ ބޮޑުކަމާއެ

    3
    13
    • ހެޔޮނުބައި

      ބޭރުގަނޑު އެކަނިިކިޔެވީމަަ ވާގޮތްވެފަ ތިހުރީ

      • މޫސާބެ

        ޜަގަނޅު މަރުވީމަ އެކަންއެނިމުނީ ދެންވެސް މައްޔިތާއައް ހެޔޮދުޢާއެއްކުރެވޭތޯ ނިކަން ބަލާބަލަ މައްސަލަ ބަލާމީހުން މައްސަލަބަލާނެ ނިމުނީ

    • Anonymous

      ތީ އަހަރެމެން މުސްލިމުންނަށް ވެތިބެ ދައްކަން ހެޔޮވާވަރުގެ ވާހަކައެއް ނޫން، ތިގޮތަށް ވާހަކަ ނުދެއްކުމަށް ނަޞޭޙަތްތެރިވަން

      16
      0
      • ސޮރީ

        ނުބައިި ދިމާލަކަށްް ރިލްލައިި މިދެވުނީީ އަޕްް ނުކުރެއްވުންް އެދެން

    • ހަސަން ފުތާ

      ކިތައްމެ ރާބުޔަކަސް އެއިންސާނާގެ ހުރުމަތާއި އޭނަގެ ކަރާމާތް ﷲ ވަނީ އޭނައަށް ދެއްވާފަ. ފާފަތަކަށް ޢަޒާބު މިލްކުވަނީ ހަމައެކަނި ﷲ ގެ ހަޒުރަތުގަ.

  5. ޢަލީ

    ވަރައްވެސް ހިތާމަހުރި އަފްސަލްއައް ދެދުނިޔޭގެ ބާއްޖަވެރިކަން ދެއްވާށި ސަލާމަތް ކުރުމައް ފުއްމާލާމީހާ ފަތަންއެނގުނަސް ދެވަނަ ފަރާތަކައް އެންގުން ލައިފް ރިންގަކާއެކީ ފުއްމާލުން މުހިއްމު ހުރިހާ ރިސޯޓެއްގެ ވެސް ޖެޓީ ، ބީޗް ، ވޯޓާވިލާ މިހުރިހާ ތާކުވެސް ލައިފްރިންގް ހުންނާނެ ފަސޭހައިން ނެގެން މަޖުބޫރު ކަމެއް އެއީ މިކަމުން އިބުރަތް ހާސިލްކުރަމާ

    21
  6. އައިން

    އަފްސްލް އަށް ސުވަރުގޭގެ ދާއިމީ ނިއުމަތް ދެެއްވަވާ އާއިލާ އަށް ކެތްތެރިކަން ދެއްވާށި. މިހަކު މަރާއި ކުރިމަތި ލާްއިރު އެމަންޒަރު ބަލަން ނުހުރެ އެހީވުމަކީ މަތިވެރި އަމަލެއް. މާތް ﷲ އަފްސަލް އަށް އެކަމުގެ ހެޔޮ ޖަޒާ ދެއްވާށި.

  7. މޫސާބެ

    ޜަގަނޅު މަރުވީމަ އެކަންއެނިމުނީ ދެންވެސް މައްޔިތާއައް ހެޔޮދުޢާއެއްކުރެވޭތޯ ނިކަން ބަލާބަލަ މައްސަލަ ބަލާމީހުން މައްސަލަބަލާނެ ނިމުނީ

  8. މޫސާބެ

    ޜަގަނޅު މަރުވީމަ އެކަންއެނިމުނީ ދެންވެސް މައްޔިތާއައް ހެޔޮދުޢާއެއްކުރެވޭތޯ ނިކަން ބަލާބަލަ މައްސަލަ ބަލާމީހުން މައްސަލަބަލާނެ .