މަސްތުވާތަކެތީގެ ނުރައްކާތެރި ބާވަތެއް ކަމަށްވާ "ޗައިނާ ވައިޓް" ދައުރުވުން އިތުރުވެއްޖެއެވެ.

ހޯމްލޭންޑް އެންޑް ސެކިއުރިޓީ މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ވިދާޅުވީ މަސްތުވާތަކެތީގެ ނުރައްކާތެރި ބާވަތެއް ކަމަށްވާ "ފެންޓަނީލް-ލޭސް ޑްރަގްސް"، އާންމުކޮށް ކިޔާ ނަމުން ނަމަ، "ޗައިނާ ވައިޓް" ވަނީ ބައިނަލްއަގުވާމީ މާކެޓުގައި އުފައްދާ އަދި ދައުރުވަމުންދާ މިންވަރު އިތުރުވެފައި ކަމަށެވެ.

މިއީ ބާރުގަދަ ކެމިކަލްތަކެއް އެއްކުރެވިގެން އުފައްދާފައިވާ ނުރައްކާތެރި އެއްޗަކަށްވާތީ އާއި މި ބާވަތުގެ މަސްތުވާތަކެއްޗަކީ އެ ބޭނުން ކުރާ ފަރާތްތަކުގެ ފުރާނަ އަށް ނުރައްކާވާ ފަދަ ބާރުގަދަ މަސްތުވާ އެއްޗެއް ކަމަށް ވެސް އެ ބަޔާނުގައިވެއެވެ.

"އެހެންކަމުން މިކަން ސަމާލު ކަމަށް ގެނައުމަށްޓަކައި އިއުލާން ކުރަމެވެ،" މިނިސްޓްރީގެ ބަޔާނުގައިވެއެވެ.

އެ މިނިސްޓްރީގެ ބަޔާނުގައި ވިދާޅުވީ މިކަމާ ގުޅިގެން އަޅަން ޖެހޭ ފިޔަވަޅުތަކާއި ކުރަން ޖެހޭ މަސައްކަތްތައް މިނިސްޓްރީ އާއި ނެޝަނަލް ޑްރަގް އެޖެންސީ އާއި ކަމާގުޅުން ހުރި އެންމެހާ މުއައްސަސާތަކެއް ގުޅިގެން ކުރަމުން އަންނަ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ސަދޫމު ސިޓީ

    ޙަމަ ގައިމުވެސް މަ ތީ ބޮއެގެން ކަމެތްނުވާނެ މަ ތީ ނުބޯނަންވިއްޔަ ބޯ މީހުން ސަމާލުކަމަށް ގެނައީދޯ ގޯހެތްނޫން

    15
  2. ސައީދު

    ބޯނެ އެއްޗެއް ނުލިބުނީ ތިވެސް ބޯނެ - އެކުދިން ނުވިސްނާނެ ފުރާނައަކަށް ، ދެން ފެންނާނީ ކޮންމެސްތާކު މަރުވެ ކުނިވެފަ އޮއްވާ

    15
    0
  3. ދޯދިޔާ

    އެބާވަވަތުގެ އެއްޗިތި ބޭނުންކުރީމަ ރަނގަޅެއްނޫންތޯ ވާނީ. އަވަހަށް މަރުވާ ޒާތުގެ އެއްޗެއް މި ގައުމަށް އެތެރެކުރަން އެބަޖެހޭ. ބޭނުންކޮށްގެން ޖީލެއް ނައްތާލީމަ ދެން މައްޞަލަ ހައްލުވީ. މިހާރު މި ގައުމުގައި އެ ބައްދުންނާއި ހެދި އުޅެވޭކަށްނެތް. އިޙްސާނުވެސް ހީކުރިވަރަށްވުރެ އަދި ތަންކޮޅެއް ފަހަތު ފަޔަށް ބުރަ. ކަމެއްވާއިރަށް ޕްރެސްއެއް ބާއްވާލާފައި ތި ނިންމާލަނީ. ތީތިކަޑަ. ކޮބާތޯ 18 އަހަރު ނުފުރޭ ކުދިން ކުއްތަކަށް އަރައިގަތީމައި ގާނޫނަށް ބަދަލުގެންނަން ބުނެފައި އެކަން ގޮއްސަ އޮތްހިސާބަކީ. އަނެއްކަވެސް ސޯޞަލްމީޑިއާގައި އެއްޗެއް އަނބުރާލީމަ ޕްރެސްއަކަށް އަރާނީތޯ.؟

    22
    • ނާމާނ

      ކަލޭތީ ހާދަ އަމިއްލަައެދުން ބޮަޑުމީހެކޭދޯ..

  4. ހިކި ކިރު

    ތިޔަ ކަމުގައި ދަޢުލަތުން އަލާ ނުލީމަ އެންމެ ރަގަލު ވާނީ! އޭރުން ތި އެއްޗެއް ބޮއެގެން މައިތިރިވެދާނެތާ!

    18
  5. ާއަލީ

    ބޯބަޔަކަށ ދ ތިކަމުނ ފައިފަާ ވިޔަސ ވަނީ

  6. އައިމަން

    ޑްރަގްގެ ވައްތަރުތައް އިސްތިހާރުނުކޮށް ހަރުކަށި އަދަބުދީގެން މިކަން ހުއްޓުވަން އަދިވެސް ނުވޭތޯއޭ ސުވަލަކީ، މީހެއްގެ މައްޗަށް ޑްރަގްގެ ޝައްކުވިޔަސް ހަރުކަށި އަދުބުދީގެން ނޫނީ އެއްމެ ބޮޑުވަރަކަށް މަރުގެ ހުކުމް ތަންފީޒުނުކޮށް މިކަންހުއްޓުވަމަކީ ނާދިރުކަމެއް...

    12
  7. ބަބޫ

    މިނިސްޓްރީއިން ތިބުނަނީ ނުރައްކާތެރި ޑްރަގް ބޭނުން ނުކުރާށޭ ރައްކާތެރި ޑްރަގް ބޭނުން ކުރާށޭ. އެއްކަލަ ފޭކް ބޭސް ދައުރުވާއިރު ސަމާލުވާން ގޮވާ ގޮތައް️.

    10
  8. ﷲއަށްބިރުވެތިވޭ އަނިޔާވެރިންނާ ދުރައްދޭ

    ﷲހަރާންކުރެއްވި ކަންތަކަށް އަރައިގަންނަ ފަރާތްތަކަށް ހަލާކާކުރިމަތިލާންޖެހޭނެ އަހަރެމެންތިކަމަކާޖެހިލުމެއްނުވޭ

    13
  9. ހުސޭނުބޭ

    މައްސަލަ ކޯޓަށް ވެއްދުމުން ހެކި ސާބިތުނުވެގެން ދޫކޮށްލަނީ. ވީމާ ހައްލަކީ ތިއީ ހަމަ ހަޤީޤަތުގައިވެސް ޗައިނާ ވައިޓްތޯ ބެލުމަށް އެ ބޯންތިބި ބައަކަށް ދުޅަވަންދެން ބޯންދިނުން.

  10. ކޮރަލް

    ވަށައިގެން އެތެރެ ނުފެންނަ ގޮތައް ބަންދު ކޮށްފަ ހުންނަ ވޭޕްކުރާ ތަންތަނާ މަސާޖް ޕާލާގެ ނަމުގަ ހިންގާ ނާސިގެ ތައް ވެސް ގިނަ ވެއްޖެ އެވެ.