ޣައްޒާގެ ރަފާހަށް ހަމަލާދިނުން ހުއްޓާލުމަށް ދުނިޔޭގެ ކޯޓުން ކުރި އަމުރަށް ގޮންޖަހައި، ހަމަލާތައް ހުއްޓާނުލާނެ ކަމަށް ޔަހޫދީ އިސްރާއީލުގެ މިނިސްޓަރަކު ބުނެފިއެވެ.
ނިރުބަވެރި އިސްރާއީލުން މިމަހުގެ 7 ވަނަ ދުވަހު ރަފާހަށް ވަދެގަނެ، ހަމަލާތައް ދޭން ފެށުމާއި އެކީ ދެކުނު އެފްރިކާއިން ދުނިޔޭގެ ކޯޓަށް ހުށަހެޅި ކުއްލި މައްސަލައިގައި މިއަދު އެކޯޓުން ވަނީ ނިރުބަވެރި ރަފާހަށް ދެމުން އަންނަ ހަމަލާތައް ހުއްޓާލުމަށް އަމުރުކޮށްފައެވެ.
ކޯޓުގައި ތިބި 15 ފަނޑިޔާރުންގެ ތެރެއިން 13 ފަނޑިޔާރެއްގެ އަގުލަބިއްޔަތުން މިގޮތަށް އަމުރު ކޮށްފައިވާއިރު، އިސްރާއީލުގެ ކަލްޗަރ އެން ސްޕޯޓްސް މިނިސްޓަރ، މިކީ ޒޯހާރު ބުނެފައިވަނީ ހަމާސްގެ އަތްދަށުގައި ތިބި އިސްރާއީލުގެ މީހުން ސަލާމަތް ކުރެވޭނެ ހަމައެކަނި ގޮތަކީ ހަމާސްއަށް ޕްރެޝަރު ކުރުން ކަމަށެވެ.
ކޯޓުގައި ތިބި ފަނޑިޔާރުންނަށް ފުރައްސާރަކޮށް، އޭނާ ވަނީ ފަނޑިޔާރުން ޣައްޒާއަށް ގޮސް ހަމާސް ޖަމާއަތުގެ ހައްޔަރުގައި ތިބި އިސްރާއީލުން ދޫކުރުމަށް އެމީހުންނަށް ވިސްނައިދިނުމަށް ބުނެފައެވެ. އަދި މިކަން މިހެން ނުވަނީސް ރަފާހުގައި ނިރުބަވެރިން ދެމުން އަންނަ ހަމަލާތައް ނުހުއްޓޭނެ ކަމަށް އޭނާ ވަނީ ބުނެފައެވެ.
"މިކަން މިހެން ނުވަނީހެއް ވަރަށް ސާފުކޮށް އެނގޭ ރަފާހުގައި ހިންގަމުން އަންނަ ހަނގުރާމަ ނުހުއްޓޭނެކަން" އޭނާ ބުންޏެވެ.
އޭނާގެ އިތުރުން ވެސް އިސްރާއީލުގެ އިދިކޮޅު ލީޑަރު ވެސް ވަނީ ދުނިޔޭގެ ކޯޓުގެ ނިންމުމާއި ކަންބޮޑުވުން ފާޅުކޮށްފައެވެ.
ދުނިޔޭގެ ކޯޓުން ކުރި އަމުރުގައި ބުނެފައިވަނީ ރަފާހުގެ ހާލަތު ވަރަށް ގޯސްވެފައިވާ ކަމަށާއި އިސްރާއީލުން ރަފާހުގެ އިތުރުން ޣައްޒާއަށް އިންސާނީ އެހީ ފޯރުކޮށްދޭ ކަމުގެ ހެއްކެއް ވެސް ނެތް ކަމަށެވެ. އަދި ރަފާހުގެ މީހުން ބޭރު ކުރުމަށް ކުރަމުން އަންނަ މަސައްކަތަކީ އެކަށީގެންވާ ކަމެއް ކަމަށް ގަބޫލު ނުކުރެވޭ ކަމަށް ވެސް ވަނީ ބުނެފައެވެ.
ދުނިޔޭގެ ކޯޓަށް ގޮށް ޖަހާތާ އެތަށް ޒަމާންތަކެއް ވެއްޖެ ، ކޮން ކަމެއް ކުރެވުނީ ދުނިޔޭގެ ކޯޓުތައް..
ޔަހޫދީންނަކީ ދުނިޔޭގެ އެއްވެސް ޤާނޫނަކަށް ކިޔަމަންވާނެ ބައެއް ނޫންކަން މިއަދުގެ ބާލިޢް ނުވާ ކުޑަކުއްޖާއަށްވެސް އެނގޭނެ.
އައު ކަންކަމެެއް ނޫން ތިޔައީކީ
ދުނިޔޭގެ ކޯޓުތަކުގެ ނިޔާއަށް އިޒުރޭލު ސަރުކާރުން ތަބާ ނުވާހާ ނުވަތަ ނުކުރެވޭ ހާ ހިނދަކު އިންސާނުން އުފައްދާފައި ހުރި އިންޓަރނޭޝަނަލް ކޯޓެއްގެ ބޭނުމެއް ނެތް.
ހުރިހާ މުސްލިމް ޤައުމުތައް އެއްވެގެން އެކައްޗެއް ކިޔައިގެން ނޫނީ ފަލަޞްޠީނު ރައްޔިތުންނަށް ސަ؛ލާމަތްތެރި ކަމެއް ލިބޭނެހެން ހީނުވޭ.