މާލޭގައި މީހަކު ރަހީނު ކުރި މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.

"ވަގުތު" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މާފަންނުގައި ހުންނަ ވީބީ މާޓް ގޯޅި ތެރޭގައި ހުންނަ ގެސްޓް ހައުސްއެއް ތެރޭގައި ނޭޕާލުގެ ފިރިހެނަކު ރަހީނު ކޮށްފައިވަނީ ބަންގަލަދޭޝްގެ ބަޔަކު ގުޅިގެންނެވެ.

އެނގިފައިވާ ގޮތުގައި އެ މީހާ ރަހީނުކޮށްގެން އުޅޭތާ ހަތަރު ވަރަކަށް ދުވަސްވެއްޖެއެވެ.

މިކަމާއި ގުޅިގެން ފުލުހުންގެ ތަރުޖަމާނު ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަޙްމަދު ޝިފާން "ވަގުތު" އަށް ވިދާޅުވީ، މާލޭގެ ގެސްޓް ހައުސްއެއް ތެރޭގައި ނޭޕާލު މީހަކު ރަހީނުކޮށްފައިވާ ކަމުގެ ރިޕޯޓް މިރޭ ލިބިފައިވާ ކަމަށެވެ.

މި މައުލޫމާތު ލިބުމާއި އެކީ ފުލުހުންގެ އެންޓް ހިއުމަން ޓްރެފިކިން ޑިޕާޓްމެންޓުގެ އިންވެސްޓިގޭޓަރުން އަދި ކްރައިމް ސީން އޮފިސަރުން އެސަރަހައްދުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށް ޝިފާން ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވީ، ރަހީނުކޮށްފައިވާ މީހާގެ ހާލު ރަނގަޅު ކަމަށާއި މިމައްސަލަ ފުލުހުން މިހާރު ބަލަމުން އަންނަ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ބޮންދު ސިޓީ

    ބޮންދު ގޭންގްވެސް ހަދަން ފެށީ؟

  2. ކުރުކޮށް

    މާލޭގައި ނުބައިވެގެން ނުކިރާކަމެއް ނެތް

  3. ވަކީލާ

    މީހުން ރަހީނު ކުރީމަ ޓެރަރިޒަމްގެ އަމަލެއްގެ ގޮތުގަ ބަލަންޖެހޭނެ. މިއީ އާދައިގެ ކުށެއް ނޫން

  4. ކޮރަލް

    ނޭޕާލް ވ ގިނަ އަންހެން ކުދީން ގޮވައިގެން ތިޔަ މީހުން އުޅެ އެވެ.

  5. ސަރަފަކައްދަ

    ސާބަހޭ! މިވަރުން ދަންޏާމު މިވެރިން ދިވެހިންވެސް ރޭޕް ކުރަން ފަށާނެ. މިހާރު އެތިބީ ހަޔާތް ކެނޑިފައި. އެވެރިންނަށް މިހާރު އެނގޭ މި ޤައުމުގައި އުލެންވާގޮތް.

  6. ދިރާސާ

    ބަންގްލަދޭޝްގެ މަގުމަތީ މީހުން މަރަށް އުޅުނު މީހުން މި ރާއްޖެއަށް އެތެރެ ވެގެން ދުނިޔޭގެ ފެންވަރުގެ ކުށްތައް ހިންގާލަނީ މިވަރުންވެސް ބަލަނީ ރެގިއުލޭޓްކޮށް މިގައުމުގައި އެމީހުން ހިފެހެއްޓޭތޯ.. އަހަންނަށް ސަރުކާރުގެ މިކަމާއި ގުޅުންހުރި އިސް މަގާމެއް ލިބިއްޖެއާ މިގައުމުގައި ބޭކާރު ބިދޭސީން ނުތިބޭނެ.. އެއްވެސް ވަރަކަށް ގާނޫނެއް ، ގަވައިދެއް ، އުސޫލެއްގެ އަކުރަކާއި ހިލާފަށް އުޅޭ ބިދޭސީއަކަށް ނޫޅެވޭނެ މިގައުމުގެ މިންޓަރުންނާއި މުއައްސަސާތަކުގެ ވެރިން އެބަޖެހޭ ބޮޑުވާން. ބޮޑު ނުވަނީސް މަތީ މަގާމުތަކަށް އައީމައި އަމިއްލަ އާއިލީ ކުންފުނީގެ މަސްލަހަތު ކޮންމެ ކަމެއްގައި އިސްކުރެވެނީ .

  7. ޙުސޭނު

    ތިޔަމައްސަލަވެސް ކޭސް ކުރެވިދާނެ ފުލުހުން ކުރާކަމެއްބުނެބަލސ ބައްލަވާ އެޔޮއް ޓްރެފިކެއް ހައްލެއްނުވެ އެމީހަކު ދުއްވާނެގޮތަކަށް ދުއްވަނީ ޕާކުކުރާނެތާކު ޕާކުކުރަނީ އެވެރިން 2 ގަޑިއިރުހަމަކޮށް ހަރައްވަނީމަނިމުނީ...މިކަން ހައްލުކުރަންނުކެރޭ ބަޔަކައް ދެންކޮން ކަމެއްތީ ހައްލުވާނީ...މޮޅުވާހަކަ ދެއްކިދާނެ ކޮންމެމީހަކައްވެސް...

  8. ޖާބެ

    މިހާރު ދެން ނޭރުމީހުންގެ ގޭންގުތައް މިއޮޕަރޭޓްކުރަނީދޯ

  9. ކޮރަލް

    ޑިޕޯޓް ނުކޮށް މައްސަލަ ހައްލެއް ނުވާނެ އެވެ.

  10. ލައްޕ

    ސުވާލަކީ ރަހީނުކޮށްފައިވާ މީހާ މިހާރު ސަލާމަތްކޮށްފިހޭ