ސިނަމާލެ ބްރިޖާއި ދިމާލު ކަނޑުމަތިން އޮޔާ ދިޔަ މީހަކަށް އައިޖީއެމްއެޗް ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދޭން ފަށައިިފިއެވެ.

ފުލުހުން ވިދާޅުވީ، ކަނޑުމަތިން މީހަކު އޮޔާދާ ކަމުގެ މައުލޫމާތު ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ މިއަދު މެންދުރު 12:35 ގައި ކަަމަށެވެ.

އަދި އެ މީހާ މިހާރު އައިޖީއެމްޗްއަށް ގެންގޮސްފައިވާ ކަަމަށްވެސް ފުލުހުން ވަނީ ވިދާޅުވެފައެވެ.

"އިތުރު މައުލޫމާތު ލިބެމުންދާ ވަރަކަށް ހިއްސާ ކުރަމުންދާނެ ވާހަކަ ދަންނަވަން،". ފުލުހުން ވިދާޅުވެފައި ވެއެވެ.