ދުނިޔޭގެ ބާޒާރުގައި ތެޔޮ ގަންނަން ލިބޭ އަގު ހެޔޮ ވުމާއި ގުޅިގެން އެސްޓީއޯއިން ތެޔޮ ވިއްކާ އަގު ހެޔޮ ކުރަން ނިންމައިފިއެވެ.
އެ ކުންފުނިން މިރޭ ވިދާޅުވީ، އެސްޓީއޯ އިން އަގަށް ގެނައި މި ބަދަލާއި އެކު ޑީސަލް ލީޓަރަކުން 70 ލާރި އަދި ޕެޓްރޯލް ލީޓަރަކުން 35 ލާރި ކުޑަ ވާނެ ކަަމށެވެ.
މި ބަދަލާއި އެކު ފިއުލް ސަޕްލައިސް މޯލްޑިވްސް (އެފްއެސްއެމްގެ)ގެ ސްޓޭޝަން ތަކުން މިއަދުން ފެށިގެން ތެޔޮ ލިބޭނެ އަގުތަކަށް ބަލާއިރު.
ޕެޓްރޯލް ލީޓަރެއް 13.98 ރ. އަށް
ޑީސަލް ލީޓަރެއް 13.92 ރ. އަށް
އެ ކުންފުނިން ވިދާޅުވީ، އެސްޓީއޯ އިން އަބަދުވެސް މަސައްކަތް ކުރަނީ މި ކުންފުނިން ފޯރުކޮށްދޭ ހުރިހާ ހިދުމަތްތައް ހުއްޓުމެއްނެތި، ދެމެހެއްޓެނިވި ގޮތެއްގައި ރައްޔިތުންނަށް ފޯރުކޮށްދެމުން ގެންދިއުމަށް ކަމަށެވެ.
މި ގޮތުން ދުނިޔޭގެ ބާޒާރުގައި ތެޔޮ ގަންނަން ލިބޭ އަގަށް އަންނަ ބަދަލުތަކާއި އެކު ރާއްޖޭގައި ވިއްކާ އަގުތަށްވެސް ބަދަލު ކުރަމުން ދާނެ ކަމުގެ ޔަގީން ކަން ކަސްޓަމަރުންނަށް އަރުވާ ކަަމަށް ވިދާޅުވިއެވެ.
މީވަރައް ހެއްވާކަމެއް ސެޑްތަކުން މިއަގައް ވިއްކިޔަސް ކަނޑު އުޅަނދު ތަކައް މިއަގަކައް ނުލިބޭ އަބަދުވެސް ހުރިހާ ބޯޒަރުތަކުން ތެޔޮ ވިއްކަނީ ވަރައް ބޮޑުތަނުން އަގު ބޮޑުކޮއް މީވެސް ސަރުކާރުން ހުއްޓުވަން ޖެހޭ ކަމެއް ހުރިހާ އެންމެނައް ވެސް ހަމަހަމަ އުސޫލް އޮންނަން ޖެހޭނެ ބޯޒަރު ތަކައް ވުރެން މާބޮޑު ހަރަދު ކޮއް އަދި މާބޮޑު ހަރަދު ހިނގާނެ ސެޑްތަކައް އެހެންވީމާ ބޯޒަރުތަކުން ވަކި އަގުބޮޑު ކޮއް ވިއްކިގެން ނުވާނެ
ޢުފާވެރި ޚަބަރެއް!
ކޮބާ އެއްކަލަ ނުކައި ނުބޮއެ އުޅޭ ފަގީރު ޓެކްސީ ޑުރައިވަރުން ކޮޅު؟ އަވަހައް އަގު މަތި ކޮއްލާ
ތިޔަ އަގު ހެޔޮކޮށްގެން ދިވެހިންނަށް ރައްޔިތުންނަށް ލިބޭނެ އެއްވެސް ފައިދާއެއް ނެތް .. ބޮޑުވާއިރަށް ދަތުރުތަކަށް އަގު ބަދަލު ވާނެ އަގު ހެޔޮވިޔަސް އެކަމަކު އަގު ބަދަލު ނުވާނެ
ކޮބާ ޓެކުސީ ޑުރައިވަރުން