ޖައްބާރު ޔަހޫދީން ފަލަސްތީނުގެ ކޭމްޕަކަށް ހަމަލާދީ، އެތަން ރޯކޮށްލައި 40 މީހަކު ދިރިތިއްބާ އަންދާލައިފިއެވެ.

ނިރުބަވެރިން މި ހަމަލާދީފައިވަނީ ޣައްޒާގެ ދެކުނުން އޮންނަ ރަފާހުގެ ހުޅަނގުގައި ގެދޮރުގެއްލިފައިވާ މީހުން ބޯހިޔާވަހިކަން ހޯދަމުން ދިޔަ ޓަލް އައްސުލްތާނުގައި ހުންނަ ބްރިކްސް ކޭމްޕަށް ދިން ވަރުގަދަ ހަމަލާއެއްގައެވެ. ގާތްގަނޑަކަށް 8 ނުވަތަ 10 ވަރަކަށް ގޮވާ ޒާތުގެ ތަކެތި ބޭނުން ކޮށްގެން ނިރުބަވެރިން ދިން މި ހަމަލާގައި އެތައް ބަޔަކު ޝަހީދުވެފައިވާ ކަމަށް ރިޕޯޓްތަކުން ވަނީ ބުނެފައެވެ.

އެގޮތުން މިހާތަނަށް ބެލި ބެލުމުން މިހާދިސާގައި ޝަހީދުވި މީހުންގެ އަދަދު 40 އަށް އަރާފައިވާ ކަމަށާއި އޭގެ ތެރޭގައި ގިނައީ ކުޑަކުދިންނާއި އަންހެނުން ކަމަށް ރިޕޯޓްތަކުން ވަނީ ބުނެފައެވެ. މި އެންމެން ވެސް ޝަހީދުވެފައިވަނީ ނިރުބަވެރިން ދިން އެ ހަމަލާގައި އެސަރަހައްދު ރޯވެގެން، ދިރި ތިއްބާ ކަމަށް ވެސް ރިޕޯޓްތަކުން ވަނީ ބުނެފައެވެ.

ފަލަސްތީނުގެ ރެޑްކްރެސެންޓުން ވެސް ވަނީ އެތަނުގައި ދިރިއުޅެމުން ދިޔަ ގިނަ މީހުން ދިރިތިއްބާ އަންދާލާފައިވާ ކަމަށް ބުނެފައެވެ. އަދި މި ހަމަލާގެ ސަބަބުން އެ ސަރަހައްދުގައި ހުންނަ ހޮސްޕިޓަލްތައް ފުރި، މީހުންނަށް ފަރުވާ ދިނުމުގައި ނުކުޅެދިފައިވާ ކަމަށް ވެސް އެފަރާތްތަކުން ވަނީ ބުނެފައެވެ.

މި ހަމަލާދިނުމުގެ ކުރިން ނަގާފައިވާ ސެޓެލައިޓް ފޮޓޯތަކުން އެސަރަހައްދުގައި 100 އަށްވުރެ ގިނަ ޓެންޓްތައް ހުރިކަން އެނގެއެވެ. މި ޓެންޓްތަަކަކީ މިދިޔަ ޑިސެމްބަރު މަހުގެ 31 ގެ ފަހުން ހަދާފައިވާ ޓެންޓްތަކެކެވެ.

މި ހަމަލާއަކީ މިއީ މިމަހުގެ 24 ވަނަ ދުވަހު ދުނިޔޭގެ ކޯޓުން އިސްރާއީލާއި ދެކޮޅަށް ނިންމި ނިންމުމާއި ގުޅިގެން މިހާތަނަށް ދިން އެންމެ ވަރުގަދަ ހަމަލާކަން ފާހަގަކޮށްލެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޚާލި

    އެމީހުންނަށް އެނގޭ ދުނިޔޭގެ އެއްވެސް ޤައުމަކުން ނާން ނާނެކަން ހުއްޓުވާކަށް. ސޯ ބޭނުންކަމެއްކުރަންވީނު ... ޙެހޮނުވާނެ މިހެން ތިބޭކަށް ސުވާލުވެވޭނެ ދުވަހެއްއެބައޮތް ވެރިންތަކާ.....

    10
  2. ޝަބާޢު

    ދުނިޔޭގެ ކޯޓަކުން ކަމެއް ނިންމުމަކީ އެމީހުން ބަލައިގަންނަ އަދި ޢަމަލު ކުރާނެ ކަންކަމެއް ނޫން.

  3. ވެރިން

    ދުނިޔޭގެ ކޯޓު ކޮބާ، އަމުރު ނެރުމުން އެމީހުން ޒިއްމާ ނިމުނީބާ.