ކުޑަކުއްޖަކާއި ބެހުނު ތ. ތިމަރަފުއްޓަށް ނިސްބަތްވާ އުމުރުން ދުވަސްވީ މީހަކު ހުޅުމާލެ ޖަލުގައި މަރުވެއްޖެއެވެ.

މަރުވެފައި ވަނީ ހުޅުމާލޭ ޖަލުގައި ޙުކުމް ތަންފީޒު ކުރަމުން ދިޔަ ތ. ތިމަރަފުށީ މިނިވަން އައްސޭރި އާދަމް ޢަލި މަނިކު (83 އަހަރު) އެވެ.

ކަރެކްޝަންސް އިން ވިދާޅުވީ، އޭނާ ނުހޭލައިގެން، އެ ގޮޅީގައި ތިބި އެހެން ގައިދީން ޑިއުޓީ އޮފިސަރުންނަށް އެންގުމުން، މެޑިކަލް ސެންޓަރަށް ގެންދިޔައިރުވެސް ހަރަކާތް ނުކުރާތީ، އޭނާ 12:00 ހާއިރު އެމަޖެންސީ ހާލަތުގައި ހުޅުމާލޭ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދޭން ފެށި ކަމަށެވެ.

އަދި ފަރުވާ ދިނުމަށްފަހުވެސް ހަރަކާތެއް ނެތުމުން، އޭނާ މަރުވެފައިވާކަމަށް ކަނޑައަޅާފައިވަނީ މެންދުރު 12:30 ހާއިރު ކަމަށް ވިދާޅުވެފައި ވެއެވެ.

ކަރެކްޝަންސް އިން ހިއްސާ ކުރި މައުލޫމާތަށް ބަލާއިރު، އޭނާއަަކީ ކުޑަކުއްޖަކާ ގުޅޭ ބަދުއަހްލާގީ މައްސަލައެއްގައި 10 އަހަރު ދުވަހުގެ ޙުކުމެއް ތަންފީޒު ކުރަމުންދިޔަ މީހެކެވެ. އަދި އޭނާއަކީ ހަކުރު ބަލި، ކިޑްނީ އަދި ކުޑަކަމުދާ ނިޒާމިގެ ބަލި، ކޮލެސްޓްރޯލް، ހައިޕަރޓެންޝަން އަދި ލޮލުގެ ބަލި ފަދަ ގިނަ ބަލިތަކަށް ބޭސްކުރަމުން އައި މީހެއް ކަމަށްވެސް ބުނެފައި ވެއެވެ.

އޭނާ މަރުވުމާއި ގުޅިގެން ކަރެކްޝަންސް އިން ވަނީ ވަގުތުން އެކަން އޭނާގެ ޢާއިލާއަށާއި އިންސްޕެކްޓަރ އޮފް ކަރެކްޝަނަލް ސަރވިސްއަށާއި މޯލްޑިވްސް ޕޮލިސް ސަރވިސްއަށާއި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްއަށާއި ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން އަށް އަންގާފައެވެ.

 

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އިސްޢާފް ސަލީމް

    މިފަދަގޮތަކަށް ބޮޑަތި ޙުކުމްތައްކޮށް މީހުން ޖަލަށްލާއިރު އެމީހާގެ ޢުމުރާއި ޞިއްޙީ ޙާލަތަށް ރިޢާޔަތްކޮށް ކޮންމެވެސް އެހެންގޮތަކަށް އަދަބު ތަމުފީޛުކުރުމަކީ ކުރަންވެއްޖެކަމެއްކަން އެގެން ވެއްޖެއެވެ. މިގޮތަށް ޖަލަށްލެވޭ ޢުމުރުން ދުވަސްވީ ވަރަށްގިނަ މީހުން ޖަލުގައި އެބަ މަރުވެއެވެ. މިއީ ސަރުކާރުން ވަރަށްބޮޑަށް ވިސްނަންވެއްޖެ ކަމެކެވެ.

    3
    4
  2. އައްޓަމަސް

    އިސްއާފު ކޮންގޮތަކަށް ތިދެކެނީ ކިތަންމެ ދުވަސްވިއަސް އެއީ ކުޑަކުއްޖެއްގެ މުސްތަގުބަލު ނަގާލާފައި ހުރި ބ.. އޭނައަށް އެއްކަމެއްވެސް ކޮށްދޭކަށް ނުޖެހޭ ކޮބާ ކުއްޖާގެ ކަރާމަތް އަނެއްކާ އާއިލާ މީހެއްތަ؟