އދ. ފަޅެއް ކައިރިއަށް ފާނަ މަސްވެރިކަން ކުރަންވެގެން ފީނަން ފައިބައިގެން އުޅުނު މީހެއްގެ ގައިގައި ލޯންޗަކުން ޖެހި މިއަދު ނިޔާވެއްޖެއެވެ.

އދ. ދަނގެތި ކައުންސިލްގެ ރައީސް މުއާވިޔަތު ރަޝީދު "ވަގުތަށް" ވިދާޅުވީ މި ހާދިސާ ހިނގާފައިވަނީ އެ އަތޮޅުގެ ރަންވެލި ތިލަ ކިޔާ ފަޅެއް ކައިރިން ކަމަށެވެ.

އެ ފަޅު ކައިރިއަށް ފ. ފީއަލީ އަށް ނިސްބަތްވާ ދޯންޏަކުން ފާނައިގެ މަސްވެރިކަމަށް ފައިބައިގެން އުޅެނިގެން އދ. މާމިގިލިން މާލެ ދަތުރުކުރި ލޯންޗެއް ފީނަން އޮތް ބިދޭސީއެއްގެ ގައިގައި ޖެހުނީ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އެ ހާދިސާ ހިނގި ވަގުތުގައި އެ ދޯނީގެ ހަތަރު މީހުން ފީނަށް ފައިބައިގެން އުޅުނު ކަމަށް މުއާވިޔަތު ވިދާޅުވިއެވެ.

" މި ހާދިސާގައި މި ރަށަށް ގެނައީ ބިދޭސީއެއް. އެއީ ބަންގްލަދޭޝް މީހެއް. ގާތްގަނޑަކަށް 7:30 އާއި 8:00 ދޭތެރޭގައި ގެނައީ މި ރަށް." މުއާވިޔަތު ވިދާޅުވިއެވެ.

މި ހާދިސާއާ ގުޅިގެން ބަލަން ޖެހޭ ކަންކަން ފުލުހުން ބަދަލުންދާ ކަމަށް ވެސް މުއާވިޔަތު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަބްދުﷲ އަލީ

    ފަރު ކައިރީގައި ދޯންޏާ ދުރުގައި ފީނާ ނަމަ ކޮންމެވެސް ގޮތަކަށް ދަތުރުކުރާ ފަރާތްތަކަށް ފެންނާނެ ގޮތަކަށް ލައިފް ރިންގ ނުވަތަ ބޮއެއް ކަހަލަ އެއްޗެއް އޮންނަން ވާނެއެވެ.

    އަބަދުވެސް ކުއްވެރިވާނީ ލޯންޗު ދުއްވާ މީހާ