ފަލަސްތީނުގެ މިނިވަން ކަމަށް މަސައްކަތް ކުރަމުން އަންނަ ހަމާސްގެ މުޖާހިދުން ދިން ވަރުގަދަ ހަމަލާއެއްގައި ބޮޑެތި ޒަހަމްތަކެއް ލިބި، ވޭނުގައި އޮތް އިސްރާއީލްގެ ހައްދުފަހަނައަޅާފައިވާ ނިރުބަވެރި އަސްކަރިއްޔާގެ ސިފައިންގެ މީހަކު މަރުވެއްޖެއެވެ.

އިސްރާއީލްގެ އަސްކަރިއްޔާ އިން ރޭ ހާމަކުރި ގޮތުގައި އެ ސިފައިންގެ މީހާ އަށް ސީރިއަސް ޒަހަމްތަކެއް ލިބުނީ ޣައްޒާގެ ރަފަހްގައި ހަނގުރާމަ ކުރަމުން ދަނިކޮށެވެ. އިސްރާއީލްގެ އަސްކަރިއްޔާ އިން ވަނީ އެ ސިފައިންގެ މީހާގެ ވަނަވަރު ވެސް އާންމުކޮށްފައެވެ.

ހަމާސް އިން ދިން ހަމަލާތަކުގައި ލިބުނު ޒަހަމްތަކަށް ފަރުވާ ހޯދަނިކޮށް މަރުވީ ގިވަޓީ ބްރިގޭޑްސްގައި ހިމެނޭ އުމުރުން 19 އަހަރުގެ ސާޖަންޓް ޔައިރް ރޮއިޓްމަންއެވެ. އިސްރާއީލުން ބުނާ ގޮތުގައި ރޮއިޓްމަން ޒަހަމްވީ މިދިޔަ ހޯމަ ދުވަހު ޣައްޒާގެ އިމާރާތެއް ގޮއްވާލައިގެން ދިން ހަމަލާގެ ސަބަބުންނެވެ. އެ ހަމަލާއާ ގުޅިގެން އޭނާއާ އެކު އެ އިމާރާތަށް ވަތް އިސްރާއީލްގެ ހަތަރު ސިފައިންގެ މީހުން މަރާލައި ހަ ސިފައިންގެ މީހުން ޒަހަމްވިއެވެ.

އޭގެތެރޭގައި ސީރިއަސް އަނިޔާތަކެއް ލިބުނު ހަތަރު ސިފައިން ވެސް ހިމެނޭ ކަން އޭރުގައި އިސްރާއީލުން އިއުލާން ކުރިއެވެ.

އެ މީހާގެ މަރާ އެކުގައި އިސްރާއީލުން ޣައްޒާގެ ތެރޭގައި ހިންގަމުން ގެންދާ ގަތުލުއާންމުގައި މަރާލި އިސްރާއީލް ސިފައިންގެ އަދަދު ވަނީ 308 އަށް އަރައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. Anonymous

    ސާބަހޭ ހިތްވަރުގަދަ މުޖާހިދުންނަށް. ﷲ ގެ ޢަދުއްވަށް މިހާރު ޖަހަންނަމައިގެ ވޭން ތަޙައްމަލުކުރެވޭނެ. އިންޝާﷲ.

  2. އެދުރު

    ކަލޭ ކުށެއްނެތް އެތަށް ދަރިންނާއި އެތައް އަބިނންނާނާއި ފިރިން ޝަހީދު ކުރަމުންދާއިރު އެމީހުންގެ އާއިލާތަކުގެ ހިތަށް ވާނެ ތަދު އިހުސާސް ކުރެވުނުތަ! ކަލޭގެ ޖައްބާރު ކާފަރުން މަރުވީމަތަ ހިތް ކުދިކުދި ވަނީ ކަލެއަށް ދުނިޔެމަތީގަވެސް ތިސަޒާލިބޭތަން އެހެންމީހުންގެ ލޮލަށް ދައްކަވާފަ ކަލޭނެތިގެން ދާނީ އަނިޔާވެރިންނަށް ﷲ ތަޢާ މުހުލަތު ދެއްވާނެ