ފަލަސްތީނުގެ ޣައްޒާގައި ގަތުލުއާންމުތަކެއް ހިންގަމުން ދިޔަ އިސްރާއީލްގެ ޖައްބާރު ސިފައިންގެ އިތުރު ދެ މީހަކު މަރާލައިފިއެވެ.

އިސްރާއީލްގެ އަސްކަރިއްޔާ އިން ބުނެފައިވަނީ ޣައްޒާގެ އުތުރުގައި ހަރަކާތްތެރިވަމުން ދިޔަ ޓޭންކަކަށް ހަމާސް އިން ދިން ހަމަލާގައި ރިޒާވް ސިފައިންގެ ދެ މީހުން މަރާލާފައިވާ ކަމަށެވެ. އެކަން ހިނގާފައި ވަނީ މި ނިމުނު ހަފްތާ ބަންދުގެ ތެރޭގައި ކަމަށް ވެސް އިސްރާއީލުން ބުނެފައިވެއެވެ.

އިސްރާއީލުން ވަނީ ހަމާސްގެ ހަމަލާގައި މަރާލި އިސްރާއީލް ސިފައިންގެ މީހާގެ ވަނަވަރު ވެސް އާންމުކޮށްފައެވެ.

މަރާލާފައި ވަނީ ކެޕްޓަން އެއިތަން ކޮޕްލޮވިޗް 28، އާއި ވޮރަންޓް އޮފިސަރު އެލޮން ވެއިސް 49 ކަމަށް އިސްރާއީލުން ބުނެފައިވެއެވެ. އެ ސިފައިން މަރާލީ އިސްރާއީލުން ބުނި ގޮތުގައި އެމީހުން ތިބި ޓޭންކެއްގައި ގޮވާތަކެތި ހަރުކޮށްގެންނެވެ. މި ދެ ސިފައިންނަކީ ވެސް އާމޯޑް ބްރިގޭޑްސްގެ ސިފައިންނެވެ. މި ހަމަލާގައި އެ ޓޭންކްގައި ތިބި އިތުރު ދެ ސިފައިންގެ މީހުންނަށް ވަނީ ސީރިއަސް އަނިޔާތަކެއް ލިބިފައެވެ.

މިއާއެކު، ޣައްޒާގައި ކުރަމުން އަންނަ ހަނގުރާމައިގައި މަރާލި އިސްރާއީލް ސިފައިންގެ އަދަދު 311 އަށް ވަނީ އަރައިފައެވެ. އިސްރާއީލުން ބުނާ ގޮތުގައި މި މީހުންގެ ތެރޭގައި ފުލުހުންގެ އޮފިސަރަކާއި ޑިފެންސް މިނިސްޓްރީގައި މަސައްކަތް ކުރާ އާންމުންގެ މީހަކު ވެސް ހިމެނެއެވެ.

1 ހަމަލާއިން 8 މަރު، އިސްރާއީލަށް ވޭންދެނިވި ދުވަހެއް!

ފަލަސްތީނުގެ ޣައްޒާ އަށް ވެރިވެގަނެގެން ތިބި އިސްރާއީލްގެ ސިފައިންނަށް އަމާޒުކޮށް މުޖާހިދުން ދިން ވަރުގަދަ ހަމަލާއެއްގައި އިސްރާއީލްގެ އުޅަނދެއްގައި ތިބި އަށް ސިފައިންގެ މީހުން ވެސް އިއްޔެ ވަނީ މަރާލައިފައެވެ. އަދި މިދިޔަ ހޯމަ ދުވަހު ހަމާސް އިން ދިން ހަމަލާއެއްގައި ޒަހަމްވެގެން ފަރުވާ ހޯދި ސިފައިންގެ މީހަކު ވެސް ރޭގައި ވަނީ މަރުވެފައެވެ.

ވޭނުގައި އޮތް އިސްރާއީލް ސިފައިންގެ މީހަކު މަރުވެއްޖެ