މާލޭގައި މިއަދު މާރާމާރީއެއް ހިންގައި ދެ މީހެއްގެ ގަޔަށް ވަޅި ޖަހައިފިއެވެ.

އެނގިފައިވާ ގޮތުގައި މިއަދު މާރާމާރީ ހިންގާފައި ވަނީ ހެންވޭރުގައި ހުންނަ ގޯޅިއެއްގައެވެ. އެ މާރާމާރީގައި ދެ މީހަކަށް އަނިޔާވެފައިވެއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް "ވަގުތު" އަށް ވިދާޅުވީ، މިއަދު 12:45 އެހާކަންހާއިރު ޝަހީދް އަލީ މިސްކިތު ސަރަހައްދުގައި މާރާމާރީއެއް ހިނގި ކަމުގެ މައްސަލައެއް ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ.

މި މާރާމާރީގައި ދެމީހަކު ޒަހަމްވެގެން އައިޖީއެމްއެޗް ހޮސްޕިޓަލަށް ފަރުވާ ދިނުމަށް ގެންދެވިފައިވާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ. އަދި މި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ވެސް އޮފިޝަލް ވިދާޅުވިއެވެ.

މިއަދު ވެސް މާލޭގައި މާރާމާރީ ހިންގާފައިވާއިރު، ދަރުބާރުގެ ކައިރީގައި ރޭ 10:30 ހާއިރު ހިންގި މާރާމާރީއެއްގައި އެކަކަށް ވަނީ އަނިޔާވެފައެވެ. އެ މައްސަލައިގައި ރޭ ދެ މީހަކު ހައްޔަރުކޮށްފައިވާއިރު، އިތުރު ދެ މީހުންނާއެކު މިހާރު ހަތަރު މީހަކު ވަނީ އެ މައްސަލައިގައި ހައްޔަރުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޒާ

    ހޯމްމިނިސްޓަރު އިހްސާން މިހާރު ހުންނަނީ ނުނިދާތޯ މާލެ ހައްދު އަމާންކުރަން. ވަރަށް ދަގަނޑު ބަސްބުނިންދޯ؟ކޮބާ ނަތީޖާ؟

    10
    23
  2. އަދިކިރިޔާ މިވީ 07 މަސް

    އަމާންކަން މެކުހަށް!

  3. ހަސަނުގެ ދަރި ލަތީފް

    ޢެމްޑީޕީ ނޫން ބަޔަކު ވެރިކަމުގަ ތިބިއްޔާ މިކަހަލަ ކަންތައް ވަރަށް ގިނައިން ހިނގާ

  4. ނަތަންޔާހޫ

    މިހާރު މި ހުރީ މާލެ ތެރެ އަމާން ވެފާ! ދިވެހިންގެ ރާއްޖެ ދިވެހިންނަށް އަދި ކިރިޔާ މިވީ ދޮތަ!