މާލެ މަގެއްގެ މަތީގައި ޕާކްކޮށްފައި ހުރި ސައިކަލުތަކެއްގައި އަލިފާން ރޯވެއްޖެއެވެ.
ރޯވެ އަނދަމުން ދަނީ ހެންވޭރު މެހެލި ގޯޅީގައި ހުރި ސައިކަލުތަކެއްގައި ކަމަށް މައުލޫމާތު ލިބެއެވެ.
![](https://vaguthu.mv/wp-content/uploads/2024/06/img-3406-1024x768.jpeg)
އާއްމުވެފައިވާ ވީޑިއޯއެއްގައި ސައިކަލެއްގައި ވަރަށް ބޮޑަށް ރޯވެފައިވާ މަންޒަރު ފެނިގެން ދެއެވެ.
![](https://vaguthu.mv/wp-content/uploads/2024/06/img-3408-1024x768.jpeg)
އެ ސައިކަލުތަކުގައި ރޯވާން މެދުވެރިވި ސަބަބު ސާފް ނުވާއިރު، އެ ވީޑިއޯގައި ވަރަށް ބޮޑަށް ސައިކަލުގައި ރޯވެ އަނދަމުންދާ މަންޒަރު ފެނިގެން ދެއެވެ.
ރޯވެފައިވާ އެ ސައިކަލުތައް ކައިރީގައި ޕާކް ކޮށްފައި އިތުރު ސައިކަލުތައްވެސް ފެނެއެވެ.
އަދި ސިފައިން އެ ސައިކަލުތަކުގައި ރޯވި އަލިފާންގަނޑު ނިއްވުމުގައި ހަރަކާތްތެރިވާ މަންޒަރުވެސް އެ ވީޑިއޯއިން ފެނިގެން ދެއެވެ.
އެ މަގު މިހާރު ވަނީ ބަންދު ކޮށްފައެވެ. އަދި ފުލުހުންވެސް ދަނީ އެ ސަރަހައްދުގައި ހަަރަކާތްތެރިވަމުންނެވެ.
އެ ސައިކަލުތައް މިހާރު ބޭނުން ނުކުރެވޭ ވަަރަށް ވަނީ އަނދާ އަޅިއަށް ވެފައެވެ.
ޕޮލިސްބޮޑުމީހާއޮތީބުނެފަ ގޭންގުތަކާ ގުރޫޕްހަދައިގެން މާރާމާރީހިންގާމީހުނާ ވައްކަންކުރާމީހުނާ މަގުތައްމަތީމީހުނައްބަލާބޮޑުކޮއް އުންދަގޫކުރާމީހުނައް އެފުރުސަތުނުދޭނެކަމައް ދެންއޮތީ އެއްމެންއެބޭފުޅާއައް ް އެއްބާރުލުންދީގެން އެއްމެންވެގެންތިކަންތައްހުއްޓުވަންމަސައްކައްކުރަންވީ އޭރުންރަންގަޅުވާނެ
ޜޯވީކީ ނޫން ރޯކުރަނީ އެމްޑީޕީ ވެރި ކަމުގަ ނޫންވީމަ ހިނގާ ކަންތައް ތައް ދެން ބުނަންވީ ގައުމުގަ ހަމަޖެހުމެއް ނެތޭ
ޙެޔޮވާނީ ކިހިނެއް ކޮންމެ ބަޔަކު ނަމަ ވެސް މީހުންގެ މުދަލަށް ގެއްލުންދޭކަށް ނުވާނެ ތިމާ މީހާގެ އެއްޗަކަށް މިފަދަ ގެއްލުމެއް ލިބޭކަށް އެކަކުވެސް ނޭދޭނެ. އެހެންވީމަ އަނެކާގެ މުދަލަށްވެސް ގެއްލުން ދޭން ބޭނުންވަނީ ކީއްވެބާ ލަފާ ކުރެވެނީ ސިޔާސީ ކުޅިގަނޑެއް ކަމަށް.
ތީއަދި މާބޮޑު ކަމެއް ނޫނެވެ
އިއްޔެ ވެރިކަމުން ނެއްޓި މަގުމަތިވި ކުދިންގެ ކުޅިސަަމާ އަދި މާއުޖާލާލާވާނެ
ސިނގިރޭޓްގެ ކަންޏަކުން ވެސް ސައިކަލުތަކުގައި ރޯވެދާނެއެވެ. ދުންބޯ މީހުންނަކީ މުޖުތަމަޢަށް ހުރި ބޮޑު ބިރަކަށް ވެއްޖެއެވެ. ހިޔާ ފުލެޓުގައި ވެސް އަލިފާން ރޯވަނީ ސިނގިރޭޓް ފިލްޓަރުންނެވެ.