ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ކައިރީގައި އޮތް ކާރެއްގައި އަލިފާން ރޯވެއްޖެއެވެ.

ފުލުހުން ވިދާޅުވީ މިރޭ ވެލާނާ އެއާޕޯޓްގެ ލައިޓް ކައިރީގައި އޮތް ކާރެއްގައި އަލިފާން ރޯވި މައްސަލައެއް ފުލުހުންނަަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.

އަދި މާގިނަ އިރުތަކެއް ނުވަނީސް އަލިފާން ނިއްވާލެވިފައިވާ ކަމަށާއި، އެއްވެސް މީހަކަށް މި ހާދިސާގައި އަނިޔާވެފައި ނުވާ ކަމަށް މައުލޫމާތު ލިބޭ ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ދަނީ މި ހާދިސާއާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުންނެވެ.