މާފުށި ޖަލުގައި މިއަދު ނިޔާވި، މުހައްމަދު ޖަމީލް ނިޔާވެފައި އޮއްވާ ފެނުނީ ސަޖިދައިގައި އޮއްވާ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.

ޖަމީލް ގޮޅިން ބޭރަށް ނުނިކުމެ، ހަރަކާތް ނުކޮތް ގިނައިރު އޮތްކަން ފާހަގަ ކުރެވިގެން މާފުށީ ޖަލުގެ މެޑިކަލް ސެންޓަރަށް ގެންގޮސް ވަނީ ސީޕީއާރް ދީފައިވާ ކަމަށާއި އެއްވެސް ބަދަލެއް ނައުމާ ގުޅިގެން، 12:13 ހާއިރު މާފުށީ ސިއްޙީ މަރުކަޒަށް ގެންގޮސް އޭނާއަށް ފަރުވާ ދޭން ފަށި ކަމަށް ކަރެކްޝަނުން ވަނީ ބުނެފައެވެ.

ކަރެކްޝަނުން ބުނި ގޮތުގައި އޭނާ ހިތް ހުއްޓިގެން ނިޔާވި ކަމަށް ކަނޑައަޅާފައިވަނީ 12:45ގައެވެ.

މިކަމާއި ގުޅިގެން ޖަލުގައި އޭނާއަށް އަނިޔާކޮށްފައިވާ ކަމަށް ބައެއް ފަރާތްތަކުން ތުހުމަތު ކުރަމުން ދަނިކޮށް މިނިސްޓަރ އިހުސާން ވިދާޅުވީ، ޖަލުގައި ތިބޭ ގައިދީންގެ މަރުތަކަކީ ކަރެކްޝަނުން ތަހުގީގު ކުރާނެ މަރުތަކެއް ކަމަށާއި ޖަމީލް ނިޔާވުން ވެސް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ، ޖަމީލު އޮތް ގޮޅީގައި ހުރި ސީސީޓީވީ ފުޓޭޖުން ފެނުނު ގޮތުގައި އޭނާގެ އެންމެ ފަހު ވަގުތު އޭނާ ދިޔައީ ނަމާދު ކުރަމުން ކަމަށެވެ. އަދި އޭނާގެ ހަށިގަނޑު ފެނިފައިވަނީ ސަޖިދައިގައި އޮއްވާ މިއަދު ހެނދުނު ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.

ޖަމީލްއަކީ ނުރައްކާތެރި އަދި ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ މައްސަލައެއްގައި ޝަރީޢަތް ނިމެންދެން ބަންދުކޮށްފައި ހުރި މީހެއް ކަމަށާއި އަދި އެއީ ނަފްސާނީ ބައްޔަކަށް ފަރުވާކުރަމުން އައި މީހެއް ކަމަށް ވެސް ކަރެކްޝަނުން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. Anonymous

    إنا لله وإنا إليه راجعون
    رحمه الله و غفر الله له

  2. އަލީ

    ހަމަ އަނިޔާކޮށްގެން މަރާލީ. ޖަލުގައި އަނިޔާކުރުމަކީ މިހާރަކަށްއައިސް އާއްމުކަމެއް

    3
    8
  3. ސަލީމް

    މޮޅު ވާހަކަ ނުދައްކާ. އޮޅުވާލަން ޖަމީލު މޫނުގައި އެވާނިޝަން އިނގޭ ހާނިކަކޮށްފައިވާކަން އިޙުސާނޫ

    2
    8
  4. ޝެއިޚް އަޖުމަލް.

    މިފަދަ މަރަކީ ހާދަ ރަގަޅު މަރެކޭ، ދުނިޔޭގެ އެހެން ތަންތަނުގަވެސް އިމާމުން ވެސް ނަމާދަށް ތިބޭ އިރު ކުއްލު އަކަށް މަރުވޭ، ޤުރުއާން ކިޔަވަން ތިބޭއިރު މަރުވޭ. މަރުހޫމްގެ ފުރާނައަށް ސުވަރުގޭ ދާއިމީ ނިެުމަތް މިންވަރު ކުރައްވާށި. އެންމެ ކައިރީ . މަރު.

    18
  5. އަލީ

    ވަރަށް ރަނގަޅު މީހެއް އެއީ.

  6. ޖަވިއަނި

    ކޮންމެ އަކަސް ހަށިގަނޑު ވަޅުލިޔަކަ ނުދިން ބަޔަކު ަައަޑު ގަދަ ކޮށް ހަދައިގެން ވ ހިތާމަ ވެރި

    4
    2
  7. މިހާލު

    ސަޖިދާގައި އޮއްވާ ނިޔާވިކަން ވ ރަނގަޅު އެކަމަކު ޖަމީލް ހަށިގަނޑުގަ އެހުރީ ސަޖިދަޔައް ގޮސްގެން ލިބިފަހުރި އަނިޔާ އެއްނޫން .މިނިވަން ތަހުގީގެއް ކުރޭ

    5
    4
  8. ދަޔާ

    12:13 ގަ ގެންދިޔައީ ސިއްހީމަރުކަޒައް، ހިހް ހުޓުނު ކަމައް ބުނީ 12:45. ޢެގަޑީގަ އޮތީ ސަޖިދައިގަ ތޯ؟
    ނޫނީ ގޮޅިން ފެނުނު އިރު މަރުވެފަ ކަމައް ނިންމީ ކިހިނެއް؟ އިހުސާނޫ މިސުވާލުގެ ޖަޥާބު ނުދެވޭނެ

  9. އަކުން

    ޖަމީލް އަކީ ރަގަޅުމީހެތް އޭނާގެ ބުރެއިން ވޮޝްކޮއްލާފަހުރީ މިއުޅޭ ހަރުކަޝިމީހުން އެހެންވެ އޭނަ އެދުވަހުވެސް މަގުމަތިން އޭނަ މަރާލަންއުޅުނީ