ޝަރީއަތް ނިމެންދެން ބަންދުގައި ހުއްޓާ ނިޔާވި މުހައްމަދު ޖަމީލަށް އެއްވެސް އަނިޔާއެއް ކޮށްފައި ނުވާކަން މިހާތަނަށް ބެލި ބެލުމުން ފާހަގަވާ ކަމަށްކަމަށް ފުލުހުން މިއަދު ވިދާޅުވެއްޖެއެވެ.

މާފުށި ޖަލުގައި ޖަމީލް ބަންދުކޮށްފައިވަނީ ނުރައްކާތެރި އަދި ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ މައްސަލައެއްގައެވެ. ނަމަވެސް އޭނާ ބަންދުކޮށްފައިވަނީ ކޮން ދުވަހަކު ކަމެއް އެނގިފައެއް ނުވެއެވެ.

ނަފްސާނީ ބަލި ހުންނަ ކަމަށް އާއިލާއިން ލިޔުންތައް ވެސް ދައްކާފައިވާ ޖަމީލު ނިޔާވުމާއި ގުޅިގެން އޭނާގެ ހަށިގަނޑުގައި އަނިޔާވެފައިވާކަމުގެ ނިޝާންތައް ހުރުމުން ގިނަ ބަޔަކު ވަނީ ޖަލުގައި އޭނާ މަރާލީ ކަމަށް ތުހުމަތު ކޮށްފައެވެ.

މިކަމާއި ގުޅިގެން ކަންތައް ހިނގައިދިޔަ ގޮތް ރައްޔިތުންނާއި ހިއްސާކުރުމަށް ފުލުހުންނާއި ކަރެކްޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް މުހައްމަދު ސާމިހް ވިދާޅުވީ ޖަމީލު ބަނދުކޮށްފައިވާ ގޮޅީގައި ވެއްޓިފައި އޮތްވާ ފެނިގެން މާފުށީ ހޮސްޕިޓަލަށް ގެންދެވުނުއިރުވެސް އޭނާ ނިޔާވެފައިވާ ކަމަށާއި އެވަގުތުން ފުލުހުންގެ ތަހުޤީގު ފެށިގެން ދިޔަ ކަމަށެވެ.

މާފުށީ ޖަލުގައި ނިޔާވި ގައިދީއާއި ގުޅޭ ގޮތުން ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން-- ވަގުތު އިމޭޖަސް: އަހުމަދު މަމްދޫހް

" މުހައްމަދު ޖަމީލު މާފުށީ ހޮސްޕިޓަލަށް ގެންދެވުނު މައުލޫމާތު ލިބުމާއެކު އަޅުގަނޑުމެންގެ ފޮރެންސިކް ޓީމް އަދި ތަހުޤީގު ފުލުހުން ހޮސްޕިޓަލަށް ގޮސް މައުލޫމާތު ސާފުކުރި ކުރުމުން އަޅުގަނޑުމެންނަށް ހޮސްޕިޓަލުން މައުލޫމާތު ދީފައިވަނީ ހޮސްޕިޓަލަށް ގެނެވުނުއިރުވެސް މުހައްމަދު ޖަމީލު ނިޔާވެފައި އޮތް ކަމަށް. އެހިސާބުން ފެށިގެން މައުލޫމާތު އެއްކޮށް ތަހުޤީގު ފެށުނު."، ސާމިހް ވިދާޅުވިއެވެ.

ސާމިހް ވިދާޅުވީ ޖަމީލުގެ ހަށިގަނޑަށް ލިބިފައިވާ އަނިޔާތަކަކީ އެއްވެސް ފަރާތަކުން ދީފައިވާ އަނިޔާ ތަކެއް ކަމަށް ޤަބޫލުނުކުރެވޭ ކަމަށާއި އެ މަރާއި ގުޅިގެން އިތުރު ތަހުޤީގަށް އޭނާ ބަންދުކޮށްފައި ބެހެއްޓި ގޮޅިއަށް ގޮސް މައުލޫމާތު އެއްކުރި ކަމަށެވެ.

"މުހައްމަދު ޖަމީލުގެ ހަށިގަނޑު ބެލި ބެލުމުން، ހަށިގަނޑުގައި ފާހަގަކުރެވޭ ބައެއް ކަހަލަ ނިޝާންތަކެއް ހުރިނަމަވެސް މިއަދާ ހަމަޔަށްވެސް އަޅުގަނޑުމެން ކުރި ތަހުޤީގުން މުހައްމަދު ޖަމީލުގެ ހަށިގަނޑަށް ލިބިފައިވަނީ އެއްވެސް ފަރާތަކުން ޖިސްމާނީ ގޮތުން ދީފައިވާ އަނިޔާ ތަކެއް ކަމަކަށް ޤަބޫލެއް ނުކުރެވޭ."، ސާމިހް ވިދާލުވިއެވެ.

މާފުށީ ޖަލުގައި ނިޔާވި ގައިދީއާއި ގުޅޭ ގޮތުން ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން-- ވަގުތު އިމޭޖަސް: އަހުމަދު މަމްދޫހް

ފުލުހުން ކުރި ތަހުޤީގުން ފާހަގަކުރެވުނު ގޮތުގައި އޭނާ ބަންދުކޮށްފައި ހުރި ގޮޅީގައި ނަމާދަށް ސަޖިދައަށް ދާ ގޮތަށް ގުދުވެ އޮތް ގޮތަށް އިތުރު ހަރަކާތެއް ނެތި އޮތްވާ ޕްރިޒަން އޮފިސަރުންނަށް ވަނީ ފެނިފައެވެ. އޭނާގެ ހަށިގަނޑު ބަލައި ހޯދުމުން އޭނަގެ އަނގައިންނާއި ނޭފަތުން ފޮނު ޒާތުގެ އެއްޗެއް ނުވަތަ ހޮޑުލެވިފައި ހުރި ޒާތުގެ އެއްޗެސް ފާހަގަކުރެވިފައި ހުރިކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

"މި ދެންނެވި އަލާމާތްތައް ބަންދުކުރެވިފައި ހުރި ގޮޅިންވެސް ވަނީ ފާހަގަކުރެވިފައި. އެކަން ފާހަގަކުރެވުނީ ސަޖިދައަށް އޮންނައިރު މޫނު ޖެހޭ ހިސާބުން. އޭގެ އިތުރުން މުހައްމަދު ޖަމީލުއަށް ކުދަކަމު ދެވިފައި ހުރިކަން މުހައްމަދު ޖަމީލުގެ ހަށިގަނޑުންވެސް އަދި ގޮޅިންވެސް ވަނީ ފާހަގަކުރެވިފައި." ސާމިހް ވިދާޅުވިއެވެ.

ހަމައެއާއެކު މިހާތަނަށް ބެލި ބެލުމުން ޖަމީލުއަށް އެއްވެސް ފަރާތަކުން ގޯނާއެއް ކޮށްފައި ހުރި ކަމަކުގެ އެއްވެސް އަލާމާތެއް ފާހަގަކުރެވިފައި ނުވާކަމަށް ސާމިހް ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ފދހ

    އަނެއްކާ ގުޅައެއ ދިރުވާލީތ ސުއިސައިޑ ވާން ވެފެް

    1
    7
  2. ކާފަ

    ތިހެން ބުނިވަރަކަށް ހީވަނީ އޭނަ މަރާލީހެން. މި ރާއްޖެ މީ އިންސާފެއް ނެތްތަނެއް

    9
    1
  3. އަލީ

    އަނިޔާކުރިކަން އެންމެފަހުން ޖަމީލު މާލެގެންދިޔަދުވަހު ފެނުނު މީހަކަށް އެގޭނެ. މީހުން ބަންދުކޮޮށްގެން ގެންގުޅޭ ދެ މުއައްސަސާ އިން ވެސް މީހަކަށް އަނިޔާކޮށްފިއްޔާ އެމީހަކު އެކަހެރިކޮށްފަ ބާއްވާނެ ލަކުނުތައް ރަގަޅުވަންދެން ނުވަތަ މަރުވަންދެން.

    6
    3
  4. ސަޓޯ

    ހަކުރު ކޮޅެއް ނުލިބިގެން ސިކުވެގެން ގޮސް އެމަރުވީ... އަޅާނުލާ.. އަހަރެމެނަށް ވަރިހަމަ... އޭނަ އެގޮތައް ނެތިގެންވެސް އެދިޔައީ އެއީ ހަމަ ހިކުމަތެއް

    1
    8
  5. އެސޮރު

    ކިހާވަރެއް ކޮށްލާފަ ހުރީމަބާދެން އަނިޔާކޮށްފައި ހުރިކަމަށް މިވަނީ؟