ފަލަސްތީނުގެ ޣައްޒާގައި ނިރުބަވެރި އިސްރާއީލުން ހިންގަމުންދާ ގަތުލު އާންމުގައި ފަލަސްތީނަށް ނިސްބަތްވާ އިތުުރު ނޫސްވެރިއަކު ޝަހިދުކޮށްލައިފިއެވެ.

ޓެލެގްރާމްގައި ޣައްޒާގެ ސަރުކާރު އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އިސްރާއީލުން ޣައްޒާއާ ދެކޮޅަށް ހަނގުރާމަ ފެށި ފަހުން ޝަހީދުވި މީޑިއާތަކުގެ މުވައްޒަފުންގެ އަދަދު 153 އަށް އަރާފައިވާ ކަމަށެވެ.

އެ އޮފީހުން ބުނީ ނިރުބަވެރި އިސްރާއީލުގެ ހަމަލާތަކުގައި އެންމެ ފަހުން ޝަހީދުވެފައި ވަނީ ޝަމްސް ނިއުސް އެޖެންސީގެ ނޫސްވެރިއެއް ކަމަށްވާ މުހައްމަދު މަހްމޫދު އަބޫ ޝަރީއާ ކަމަށެވެ.

މިދިޔަ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން އިސްރާއީލުން ޣައްޒާއަށް ހަމަލާތަކެއް ދެމުން އަންނަނީ ފަލަސްތީނުގެ މިނިވަން ކަމަށް މަސައްކަތް ކުރާ ހަމާސް ޖަމާއަތުން އިސްރާއީލާއި ދެކޮޅަށް ވަރުގަދަ ހަމަލާތަކެއް ދިނުމާއި ގުޅިގެންނެވެ. މި ހަމަލާތަކުގައި މިހާތަނަށް ޣައްޒާއިން 37،000 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލާފައެވެ.