23:49

ގޮވާފައިވާ މިސައިލެއް ކައިރީ ޣައްޒާގެ ކުޑަކުދިންތަކެއް

23:48

ނިރުބަވެރިން ލުބުނާނުގެ ދެކުނަށް ދިން ހަމަލާގައި ހިޒްބުﷲގެ ތިން ހަނގުރާމަވެރިން ޝަހީދު ކޮށްލާފައިވާ ކަމަށް ރިޕޯޓްތަކުން ބުނެފި.

ރިޕޯޓްތަކުން ބުނާ ގޮތުގައި ޝަހީދު ކޮށްލާފައިވަނީ ހުސެއިން ޔަހްޔާ، މޫސާ ޝީޓް އަދި ޖިހާދް ޝީޓް ނަމަކަށް ކިޔާ ތިން ހަނގުރާމަވެރިން.

21:53

ސުނާމީގެ އިންޒާރުތައް މިއަދު ނެރެފައިވާ ސަރަހައްދުތަކަށް އެ އިންޒާރުތައް ދަށްކޮށްފައިވާ ކަމަށް ޖަޕާނުގެ މޫސުމާއި ބެހޭ އިދާރާއިން ބުނެފި.

21:02

ޖަޕާނަށް މިއަދު މިހާތަނަށް 80 އަށް ވުރެ ގިނަ ބިންހެލުން ރެކޯޑުކުރެވިފައިވާ ކަމަށް އެގައުމުގެ މޫސުމާބެހޭ އިދާރާއިން ހާމަކޮށްފި

 

20:56

ނޯޓޯ ސަރަހައްދަށް އަނެއްކާވެސް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ.

20:56

ޖަޕާނުގެ މޫސުމާ ބެހޭ އިދާރާގެ އޮފިޝަލަކު ވަނީ ސުނާމީ އަދިވެސް ރެކޯޑް ކުރެވެމުންދާ ކަމަށް ބުނެ މީހުން ހުސްކުރުމަށް އިލްތިމާސްކޮށްފައި.

20:55

ޖަޕާނުގެ ޕަބްލިކް ބްރޯޑްކާސްޓަރު އެންއެޗްކޭ އިން ރިޕޯޓްކުރާ ގޮތުގައި އިޝިކާވާގެ ވަޖިމާ ސިޓީ ފަޔާ ޑިޕާޓްމަންޓުން ބުނީ އިމާރާތްތައް ވެއްޓުނު ކަމުގެ 30 ރިޕޯޓެއް ލިބިފައިވާ ކަމަށް.

އިޝިކާވާ ޕްރިފެކްޗާއަށް ދިން "ބޮޑު ސުނާމީ އިންޒާރު" "ސުނާމީ އިންޒާރަކަށް" ދަށްކުރި ނަމަވެސް އޮފިޝަލުން އަދިވެސް ދަނީ ސަމާލުވުމަށް އިލްތިމާސް ކުރަމުން.

20:54

ބިންހެލުމާ ގުޅިގެން އިޝިކާވާ ޕްރިފެކްޗާގެ ވާޖިމާގައި ބޮޑު އަލިފާނުގެ ހާދިސާއެއް ހިނގަމުންދާ މަންޒަރު - ފޮަަޓޯ: ރޮއިޓާސް
ބިންހެލުމާ ގުޅިގެން އިޝިކާވާ ޕްރިފެކްޗާގެ ވާޖިމާގައި ބޮޑު އަލިފާނުގެ ހާދިސާއެއް ހިނގަމުންދާ މަންޒަރު - ފޮަަޓޯ: ރޮއިޓާސް

18:00

ޖަޕާނުން ސުނާމީގެ ބޮޑު އިންޒާރު ދަށްކޮށްފި

ޖަޕާނުން ނޯޓޯ ސަރަހައްދަށް ދިން "ބޮޑު ސުނާމީ އިންޒާރު" ދަށް ލެވެލް "ސުނާމީ އިންޒާރު" އަށް ދަށްކޮށްފައިވާ ކަމަށް ނިއުސް އެޖެންސީ ރޮއިޓާސް އިން ބުނެފި.

17:46

ބިންހެލުމުގައި ސުންނާފަތިވެފައިވާ 30 އިމާރާތެއްގެ ދަށުން މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ޖަޕާނުގެ ކަމާއި ބެހޭ އިދާރާތަކުން ފަށައިފި.

16:56

ޖަޕާނުގ އެކި ހިސާބުތަކަށް އިތުރު ބިންހެލުމެއް އަތުވެދާނެ ކަމުގެ އިންޒާރު ދީފި

 

16:47

ޖަޕާނަށް މިއަދު އައި ބާރުގަދަ ބިންހެލުންތަކާ ގުޅިގެން ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ.

16:45

ބިންހެލުމުގެ ސަބަބުން ގެތައް ވެއްޓި މަގުތައް ފަޅައިގެން ހިނގައްޖެ

16:32

ޖަޕާނަށް އައި ބިންހެލުމުގައި ލިބުނު ގެއްލުންތަކުގެ ފޮޓޯ-- ފޮޓޯ: ރޮއެޓާސް

16:31

ޖަޕާނުގެ މޫސުމާއި ބެހޭ އިދާރާގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިއަދު އެކަނި ޖަޕާނަށް ވަނީ 51 ބިންހެލުން އައިސްފަ.

ބިންހެލުންތައް އައިސްފައިވަނީ ހެނދުނު 7:10 އަކާއި 11:08 އާއި ދެމެދުގެ ވަގުތެއްގައި 3.1 އާއި 7.6 ބާރުމިނުގައި. މީގެ ތެރެއިން ގިނަ ބިންހެލުންތައް އައިސްފައިވަނީ އިޝިކަވާއަށް.

16:29

ބިންހެލުމުގެ ސަބަބުން ވެއްޓިފައިވާ އިމާރާތްތައް ދަށުގައި ގިނަ ބަޔަކު ތިބި ކަމަށް ޖަޕާނުގެ ޗީފް ކެބިނެޓް ސެކްރެޓަރީ ޔޮޝިމަސާ ހަޔަޝީ ބުނެފި.

16:26

ބިންހެލުމުގައި ޖަޕާނުގެ ހަ ގެއަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު، އެތެރޭގައި މީހުން ތާށިވެފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި.

16:22

ޖަޕާނަށް އައި 7.6 ގެ ބިންހެލުމަކީ 1885 ވަނަ އަހަރު އިޝިކާވާ ޕްރިފެކްޗާގެ ނޯޓޯ ޕެނިންސިއުލާ ސަރަހައްދުގައި ރެކޯޑް ކުރެވުނު އެންމެ ބާރުގަދަ ބިންހެލުން ކަމަށް ބުނެފި.

ޖަޕާން މީޓިއޮރޮލޮޖިކަލް އެޖެންސީގެ އޮފިޝަލަކު ވިދާޅުވީ ހޯމަ ދުވަހުގެ މި ހަރަކާތަކީ 2011 ވަނަ އަހަރުގެ މާޗް މަހުގެ 11 ވަނަ ދުވަހުގެ ފަހުން ސުނާމީގެ ބޮޑު އިންޒާރެއް ނެރުނު ފުރަތަމަ ފަހަރު ކަމަށް.

16:21

ޖަޕާނަށް އައި ބާރުގަދަ ބިންހެލުމަށްފަހު - ފޮޓޯ: ރޮއިޓާސް
ޖަޕާނަށް އައި ބާރުގަދަ ބިންހެލުމަށްފަހު - ފޮޓޯ: ރޮއިޓާސް
ޖަޕާނަށް އައި ބާރުގަދަ ބިންހެލުމަށްފަހު - ފޮޓޯ: ރޮއިޓާސް
ޖަޕާނަށް އައި ބާރުގަދަ ބިންހެލުމަށްފަހު - ފޮޓޯ: ރޮއިޓާސް

 

16:18

ޖަޕާނުގެ އައްސޭރިފަށުގައި ސުނާމީގެ ރާޅު ދެ ދުވަހަށް ދެމިގެން ހިނގައިދާނެ ކަމުގެ އިންޒާރު ތަޖުރިބާކާރަކު ދީފި

15:55

މިއަދު ޖަޕާނަށް އައި ވަރުގަދަ ބިންހެލުމަށް ފަހު އެ ގައުމުގެ ސިޓީއެއް ކަމަށްވާ "ވަޖިމާ"ގައި އަލިފާނުގެ ހާދިސާއެއް ހިނގަައިފި

15:40

ޖަޕާނަށް އައި ވަރުގަދަ ބިންހެލުމާ ގުޅިގެން ދެކުނު ކޮރެއާ އަށް ވެސް ކުޑަ ސުނާމީއެއް މިއަދު އަރައިފި.

15:40

ޖަޕާނަށް އައި ވަރުގަދަ ބިންހެލުންތަކާ ގުޅިގެން އުތުރު ކޮރެއާ އަށް ސުނާމީގެ އިންޒާރު ދީފި.

15:28

15:26

ދެކުނު ކޮރެއާ އަށް ކުޑަ ސުނާމީއެއް އަރައިފި. މިއާއެކު 24 ގަޑިއިރަށް އިންޒާރު ވަނީ ނެރެފައި.

15:09

ޖަޕާންގެ ސިޓީއެއް ކަމަށްވާ ވަޖިމާގައި ހުރި އިމާރާތެއްގައި އަލިފާން ރޯވެ ވަރަށް ބޮޑަށް އަނދަމުން އެބަދޭ. މި ސަރަހައްދަކީ ސުނާމީގެ އިންޒާރު ނެރުނު ސަރަހައްދެއް.

15:07

ޖަޕާނަށް އައި ބިންހެލުން
ޖަޕާނަށް އައި ބިންހެލުން
ޖަޕާނަށް އައި ބިންހެލުން
ޖަޕާނަށް އައި ބިންހެލުން

15:00

ޖަޕާނަށް ލިބިފައި ހުރި ގެއްލުން.
ޖަޕާނަށް ލިބިފައި ހުރި ގެއްލުން.

14:58

ޖަޕާނަށް އައި ބިންހެލުމާ ގުޅިގެން ޒަހަމްވެފައިވާ މީހުން ހޮސްޕިޓަލްތަކަށް ގެންނަމުން އެބަދޭ. ބިންހެލުމާ ގުޅިގެން 36،000 އަށް ވުރެ ގިނަ ގޭބިސީގައި ކަރަންޓު ނެތް ކަމަށް ރިޕޯޓުތައް ބުނޭ.

14:54

ޖަޕާނަށް ލިބިފައި ހުރި ގެއްލުން.
ޖަޕާނަށް ލިބިފައި ހުރި ގެއްލުން.

14:53

ރިޕޯޓުތައް ބުނާ ގޮތުގައި ޖަޕާނަށް ތިން މީޓަރު އުސް ނުވަތަ 10 ފޫޓުގެ ސުނާމީގެ ރާޅުތައް އަރާނެ ކަމަށް ބެލެވޭ. މި ރާޅުތައް އަރާނީ ޖަޕާންގެ ހުޅަނގުން ނިގަޓާ އާއި އެހެނިހެން ސަރަހައްދުތަކަށް ކަމަށް ވެސް ރިޕޯޓުތައް ބުނޭ.

14:51

ޖަޕާންގެ ސަރުކާރުގެ ތަރުޖަމާނު ޔޮޝިމަސާ ހަޔާޝީ ވިދާޅުވީ ޖަޕާންގެ ގޮނޑުދޮށް ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުން މިވަގުތު އެ ސަރަހައްދުގައި ތިބުން ރައްކާތެރި ނޫން ކަމަށް. އެހެންވެ، އެ ސަރަހައްދުތަކުގައި ދިރިއުޅޭ ރައްޔިތުން ރައްކާތެރި ހިސާބުތަކަށް ދިއުމަށް އޭނާ އެދިވަޑައިގެންނެވި.

"ކޮންމެ މިނެޓެއް ވެސް މުހިންމު. ވީހާވެސް އަވަހަށް ރައްކާތެރި ހިސާބުތަކަށް ދިއުމަށް އަންގަން،" ތަރުޖަމާނު ވިދާޅުވި.

14:49

ޖަޕާނަށް އައި ބިންހެލުމާ ގުޅިގެން ސުނާމީގެ ރާޅުތައް އުފެދިފައިވާތީ އެ ގައުމުގެ ސަރުކާރުގެ ތަރުޖަމާނު ޔޮޝިމަސާ ހަޔާޝީ ވިދާޅުވީ ނިއުކްލިއާ ޕްލާންޓުތައް ހުރި ސަރަހައްދަށް ކަމެއް ވެފައިވާ ކަމުގެ ރިޕޯޓު ލިބިފައި ނުވާ ކަމަށް.

ޖަޕާނަށް އައި ބާރުގަދަ ބިންހެލުމަށް ފަހު ސުނާމީ ރާޅު އަރަން ފަށާފައިވާ ކަަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

ޔޫރަޕިއަން-މެޑިޓެރޭނިއަން ސިސްމޮލޮޖިކަލް ސެންޓަރު (އީއެމްއެސްސީ) އިން ރިޕޯޓްކޮށްފައިވާ ގޮތުގައި ޖަޕާނުގެ މޫސުމާ ބެހޭ އިދާރާއިން ސުނާމީގެ ބޮޑު އިންޒާރެއް ނެރެފައި ވަނީ މިއަދު އެ ގައުމަށް 7.6 މެގްނިޓިއުޑްގެ ބާރުމިނުގައި އައި ބިންހެލުމާ ގުޅިގެންނެވެ.

މި ބިންހެލުމާއި ގުޅިގެން ބައެއް ތަންތަނަށް ގެއްލުން ލިބިފައިވާ މަންޒަރު ފެންނަ ފޮޓޯތަކާއި ވީޑިއޯތައް ދަނީ ދައުރުވަމުންނެވެ.

އިޝިކާވާ ޕްރިފެކްޗާގެ ނޯޓޯ ސަރަހައްދަށް މިއަދު ޖަޕާނު ގަޑިން ހަވީރު 4:10 އެހާކަންހާއިރު އައި ބިންހެލުމާ ގުޅިގެން ގައުމީ ބްރޯޑްކާސްޓަރު އެންއެޗްކޭ އިން ބުނީ ހުރިހާ ރައްޔިތުން ވެސް ވަގުތުން އުސް ތަންތަނަށް ދާން ޖެހޭ ކަމަށެވެ.

ހަވާއީގެ ޕެސިފިކް ސުނާމީ ވޯނިން ސެންޓަރުން ބުނީ ޖަޕާނުގެ އައްސޭރިފަށުގައި ބިންހެލުން އައި ސަރަހައްދުގެ 300 ކިލޯމީޓަރު (190 މޭލު)ގެ ތެރޭގައި ނުރައްކާތެރި ސުނާމީ ރާޅުތައް އަރާފާނެ ކަމަށެވެ.

މިގޮތުން މިހާތަނަށް އިޝިކާވާ ޕްރިފެކްޗާގެ ވާޖިމާ ސިޓީއަށް 1.2 މީޓަރުގެ ސުނާމީއެއް އައިސްފައިވާކަން .ވަނީ މީޑިއާތަކުން ކަށަވަރުކޮށްފައެވެ.

އަދި ފަސް މީޓަރުގެ އެއަށްވުރެ ބޮޑު ސުނާމީއެއް އެ ސަރަހައްދުގެ ނޯޓޯއަށް އަންނާނެ ކަމަށް ބެލެވޭ ކަމަށް ޖަޕާން މީޓަރޮލޮޖިކަލް އެޖެންސީ (ޖޭއެމްއޭ) އިން ބުނެއެވެ.

ޖަޕާން ސަރުކާރުގެ ތަރުޖަމާނު ޔޮޝިމާސާ ހަޔާޝީ ވަނީ އިތުރު ބިންހެލުމަކަށް ތައްޔާރުވުމަށް ރައްޔިތުންނަށް އިންޒާރު ދެއްވާފައެވެ.

ޖޭއެމްއޭ އިން ބުނީ ޖަޕާނުގެ މައި ރަށް ހޮންޝޫގެ ޖަޕާން ކަނޑުގައި އޮންނަ ނޯޓޯ ސަރަހައްދަށް ބާރުގަދަ ބިންހެލުމެއް އައިސްފައިވާ ކަމަށާއި އެ ސަރަހައްދުން މިއަދު ހަވީރު 4:06 ގައި 5.7 މެގްނިޓިއުޑްގެ ބިންހެލުމެއް އައިސްފައިވާ ކަމަށެވެ.

އޭގެ ފަހުން ހަވީރު 4:10 ގައި 7.6 މެގްނިޓިއުޑްގެ ބިންހެލުމެއް، ހަވީރު 4:18 ގައި 6.1 މެގްނިޓިއުޑްގެ ބިންހެލުމެއް، ހަވީރު 4:23 ގައި 4.5 މެގްނިޓިއުޑްގެ ބިންހެލުމެއް، ހަވީރު 4:29 ގައި 4.6 މެގްނިޓިއުޑްގެ ބިންހެލުމެއް އަދި ހަވީރު 4:32 ގައި 4.8 މެގްނިޓިއުޑްގެ ބިންހެލުމެއް އައިސްފައިވާ ކަމަށްވެސް ބުނެފައި ވެއެވެ.

އޭގެ ފަހުން 6.2 މެގްނިޓިއުޑްގެ އިތުރު ބިންހެލުމެއް އައި ކަމަށް އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭ އިން ވަނީ ބުނެފައެވެ.

ޖަޕާނުގައި އިމާރާތްތަކަށް ބާރުގަދަ ބިންހެލުމަކާ ކުރިމަތިލެވޭގޮތަށް އިމާރާތްކުރުމުގެ ހަރުކަށި ގަވާއިދުތަކެއް ހަދާފައިވާއިރު، ބޮޑު ބިންހެލުމަކަށް ތައްޔާރުވުމުގެ ގޮތުން އާންމުކޮށް އިމަޖެންސީ ޑްރިލްތައް ވެސް ބާއްވައެވެ.

ޖަޕާނަށް މީގެ ކުރިން އައި ބިންހެލުންތަކުގައި ބޮޑެތި ގެއްލުންތައް ލިބި ގިނަބަޔަކު މަރުވެފައި ވެއެވެ. 2011 ވަނަ އަހަރުގެ މާޗް މަހު ޖަޕާނުގެ އިރުއުތުރުން 9.0 މެގްނިޓިއުޑްގެ ބާރުމިނުގައި އައި ބާރުގަދަ ބިންހެލުމެއްގެ ސަބަބުން ސުނާމީއެއް އައިސް 18،500 އެއްހާ މީހުން މަރުވެ ނުވަތަ ގެއްލުނެވެ.

އަދި 2022 ވަނަ އަހަރުގެ މާޗް މަހު ފުކުޝީމާގެ އައްސޭރިފަށަށް އައި 7.4 މެގްނިޓިއުޑްގެ ބިންހެލުމުގައި ޖަޕާނުގެ އިރުމަތީގެ ބޮޑު ސަރަހައްދަކަށް ބިންހެލުމެއް އައިސް ތިން މީހަކު ވަނީ މަރުވެފައެވެ.

ވެރިރަށް ޓޯކިޔޯއަށް މީގެ ގަރުނެއް ކުރިން 1923 ވަނަ އަހަރު އައި ބޮޑު ބިންހެލުމުގައި ބޮޑެތި ގެއްލުންތަކެއް ލިބުނެވެ.

އިތުރު ތަފްސީލް އަންނަނީ....