އިންޑިއާގެ އެންމެ މަޝްހޫރު ލަވަކިޔުންތެރިންގެ ތެރޭގައި ހިމެނޭ އަރިޖިތު ސިންގް ސްޓޭޖުގައި ޕާފޯމް ކުރާ ވީޑިއޯއަކަށް މީސް މީޑިއާގައި ގިނަ ބައެއްގެ ސަމާލުކަން ލިިބިގެން ދިޔައީ ތި ހީކުރާ ކަހަަލަ ސަބަބަކާއި ހެދިއެއް ނޫނެެވެ. އޭނާއާ ގުޅޭ ވީޑިއޯއަތަކަށް އާއްމުކޮށް ސަމާލުކަން ލިބެނީ އޭނާގެ ރީތި އަޑާއި، މޮޅު ހުށަހެޅުންތަކުގެ ސަބަބުންނެވެ. އެކަމަކު މިފަހަރު ވީ އެހެނެއް ނޫނެވެ.

މިހާރު އާއްމުވެފައިވާ ވީޑިއޯގައި އިންޑިއާގެ ފޭން ބޭސް ބޮޑު އެއް ލަވަކިޔުންތެރިޔާ އަރިޖިތު ސްޓޭޖުގައި ހުއްޓިލައިގެން ހުރެ ލަވަކިޔަމުންދިޔައިރު ނިޔަފަތިތައް ކަނޑަން ނިޔަފަތި ކަނޑާ ދަތި ހިފައިގެން ހުރި މަންޒަރު ފެނިގެން ދެއެވެ. ގިނަ ބަޔަކު ސިފަކުރާ ގޮތުގައި މި އަމަލަކީ ވަރަށް ބޮޑަށް ޕްރޮފެޝަނަލް އަމަލެއް ނޫނެވެ.


މީސް މީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި ލަވަކިޔުންތެރިޔާގެ ފޭން ޕޭޖުތަކުން އާންމުކޮށްފައިވާ މި ވީޑިއޯގައި އަރިޖީތު ފެންނަނީ ގްރޭ ކުލައިގެ ގަމީހަކާއި ނޫ ކުލައިގެ ޖިންސެއްގެ އިތުރުން އޮރެންޖް ކުލައިގެ ފޮތިގަނޑެއް ބޮލުގައި އަޅުވާލައިގެން ހުންނަ ތަނެވެ. ޔޫއޭއީގެ ދުބާއީގައި ބޭއްވި އެ ކޮންސެޓްގެ ސްޓޭޖްމަތީގައި އޭނާ ނިޔަފަތިތައް ކަނޑާ މަންޒަރުވެސް ފެނިގެން ދެއެވެ.

ގިނަބަޔަކު މިކަން ސިފަ ކުރީ ރަނގަޅު ނޫން ކަމެއްގެ ގޮތުގައެވެ. އަދި މިކަމުން އެނގެނީ އޭނާގެ ސާފްތާހީރު ނޫން ކަން ކަމަށްވެސް ބުނެފައި ވެއެވެ.