ބޮލީވުޑް އަދި ހޮލީވުޑްގެ މަޝްހޫރު ބަތަލާ ޕްރިޔަންކާ ޗޯޕްރާ ޖޯނަސް ރޯމްގައި ބޭއްވި ބަލްގާރީގެ 140 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ އިވެންޓުގައި ކަޅު ހެދުމެއްގައި އޭނާގެ ރީތިކަން ދައްކާލައިފިއެވެ.

އަންގާރަ ދުވަހު، ޕްރިޔަންކާ ވަނީ ކަޅު ކުލައިގެ ސީކުއެން ހެދުމެއް ލައިގެން އޭނާގެ ރީތިކަން ދައްކާލާފައެވެ. އޭނާގެ ލުކް ފުރިހަމަ ކޮށްދީފައިވަނީ ބަލްގާރީ ކަރުގަ އަޅާ ފަށާއި ޑައިމަންޑް ކަންފަތުގެލާ އެއްޗަކާ އަދި ބްރޭސްލެޓެއް ބޭނުން ކުރުމުންނެވެ. އޭނާ ހުރީ ހެދުމާއި ގުޅޭ ކަހަލަ ކަޅު ކުލައިގެ ހައި ހީލްއަކަށް ވެސް އަރާފައެވެ.

އެންމެ ފުރަތަމަ މީހުންނަށް އަޅައިގަތީ އޭނާގެ ކޮނޑާ ހަމައަށް ކޮށާލެވިފައިވާ އިސްތަށިގަނޑަށެވެ. ދެން އެންމެ ފާހަގަ ކޮށްލެވުނީ ބުލްގާރީ އިވެންޓަށް އޭނާ އަޅައިގެން ހުރި 140 ކެރެޓްގެ ސަރޕެންޓީ ކަރުގަ އަޅާ ފަށެވެ.

އެ އިވެންޓުގައި އޭނާ ބައިވެރިވެފައި ވަނީ މަޝްހޫރު އެތައް ބަޔަކާ އެކީގައެވެ. އެގޮތުން އޭން ހެތަވޭ، ލިއު ޔިފޭ، ޝޫ ކީ ފަދަ އެހެން ހައި ޕްރޮފައިލް ނަންތައް އެ އިވެންޓުގައި ބައިވެރިވިއެވެ.

ޕްރިޔަންކާގެ ކަރުގައި އަޅާފައި އޮތް ފަށުގެ ވާހަކަ ދައްކާއިރު، އޭގެ ނަމަކީ ސަރޕެންޓީ އެޓެރްނާ ނެކްލެސްއެވެ. އެއީ އިޓަލީގެ މަޝްހޫރު ލަގްޒަރީ ފެޝަން ކުންފުނި ބުލްގާރީގެ ތާރީހުގައި ވެސް ފަރުމާކޮށް ދައްކާލާފައިވާ އެންމެ އާދައާހިލާފު އަދި އަގުހުރި ޑައިމަންޑް ފަށެވެ.

އެ ފަށް ނިންމުމަށް 2،800 ގަޑިއިރަށް ވުރެ ގިނައިރު ހޭދަވި ކަމަށް ވެއެވެ. ފަށުގައި 200 ކެރެޓަށް ވުރެ ބޮޑު ވިދުން ގަދަ ޑައިމަންޑުތަކެއް ހަރުކޮށްފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ސުނިޔަންކާ

    ދެން އޮންނާނީ ރާއްޖޭގައި އުޅޭ ހިތުން ޕުރިޔަންކައްކާ އަށް ވެގެން އުޅޭ ފީމޭލްލޭކް ސުނިޔަންކާ ދޯބުރާލި ހަކްރު ވާލާގެ ރަންޑި ހެއްލުމެއް ކަންނޭނގެ... މިހާރު ތެޅެއަރުވަނީ ފާޑެއްގެ ކަޑަ ފިހާރައެއް ހުޅުވައިގެން.. ޕަކާސްސްސް

    1
    9
  2. ކައިދާ

    ޜީތި މީހެއް ނޫން ޕްރިޔަންކާ އަކީ ތިޔަބުނާ ފަށެއް ހޯދާ ހޯދާވެސް އަހުންނަކަށް ނުފެނުނު އެ ޔަންކާގެ ކަރަކުން