މަޝްހޫރު ރެޕް ލަވަކިޔުންތެރިޔާ އެމިނެމްގެ ދަރި ހެއިލީ ޖޭޑް ސްކޮޓް ކައިވެނިކޮށްފިއެވެ.

ހެއިލީ ކައިވެނިކޮށްފައިވަނީ އޭނާގެ ލޯބިވެރިޔާ އިވާން މެކްލިންޓޮން އާއިއެވެ. މި ކައިވެނި ކުރެވިގެން ގޮސްފައިވަނީ އެމްއައިގެ ބަޓްލް ކްރީކްގައި އާއިލާ އާއި ވަރަށް ގާތް ރަހްމަތްތެރިން އެކަނި ހިމަނައިގެންނެވެ.

މި ހަފްލާގައި އެމިނެމް ފެނިގެންގޮސްފައިވަނީ ޓަކްސީޑޯ އެއް ލައިގެން ހުރި މަންޒަރެވެ. އަދި ކައިވެނި ހަފްލާގައި ދަރިފުޅާ އެކީ ނެށި މަންޒަރުވެސް ފެނިގެން ދިޔަ ކަމަަށް އާއިލާއިން ވަނީ ޓީއެމްޒެޑް އަށް ޔަގީންކޮށްދީފައެވެ.

ޕްލޭއަންމިއުޓް ފުލްސްކްރީން އަސަރުގަދަ ނެށުމުގެ އިތުރުން އެމިނެމް ވަނީ އަލަށް ކައިވެނިކުރި ދެމަފިރިންނާ އެކު ފޮޓޯތަކަށް ޕޯޒްކޮށް، އުފަލާއި ފަޚުރުވެރިކަން ދައްކާލާފައެވެ.

މިހާރު އުމުރުން 28 އަހަރުގެ އަދި ކާމިޔާބު ޕޮޑްކާސްޓަރެއް އަދި ސޯޝަލް މީޑިއާ އިންފްލޫއެންސަރެއްގެ ގޮތުގައި މަސައްކަތް ކުރާ ހައިލީ އަކީ އެމިނޭމްގެ ހަޔާތުގައި މައިގަނޑު ފަރާތެއްގެ ގޮތުގައި ފާހަގަކޮށްފައިވާ ފަރާތެއް ކަމަށާއި އޭނާގެ މިއުޒިކުގައި ގިނައިން އިޝާރާތްކޮށްފައި ވަނީ ބައްޕައެއްގެ ގޮތުގައި އޭނާގެ ދަރިފުޅަށް ލޯތްބާއި ވަފާތެރިކަމުގެ ރަމްޒެއްގެ ގޮތުގައެވެ.

ރީތި ގްރީންކްރެސްޓް މެނަރުގައި ބޭއްވި މި ކައިވެންޏަކީ 2016 ވަނަ އަހަރުން ފެށިގެން އެކުގައި އުޅުނު އަދި މިދިޔަ ފެބްރުއަރީ މަހު އެންގޭޖްވި ހައިލީ އާއި އިވާން ގެ ފުރަތަމަ ކައިވެނިއެވެ.