ހެރީ ޕޮޓާގެ އާ ސިޒަން ބެލުމަށް ވަރަށް އެކްސައިޓެޑް ކަމަށް ޑެނިއަލް ރެޑްކްލިފް ބުނެފިއެވެ.

ހެރީ ޕޮޓާގެ ވާހަކަ ދައްކަމުން އެނާ ފެނިގެންދާނެތޯ ސުވާލު ކުރުމުން ބުނެފައިވަނީ ގެސްޓް އެއްގެ ގޮތުގައި ވިޔަސް ކެމިއޯގެ ފެނިލިމުންވެސް ފެނިގެންދާނެ ކަމެއް ނުވަތަ ނޫން ކަމެއް ހާމަކުރެވެން ނެތް ކަމަށެވެ.

ޑެނިއަލް އެންމެ ފުރަތަމަ ހެރީ ޕޮޓާ ކުޅުނު އިރު އޭނާގެ އުމުރުން ވާނީ އެންމެ 12 އަހަރެވެ. އާންމުންގެ ފަރާތުން ވަރަށް ބޮޑު މަޤްބޫލުކަމެއް ވެސް ދިޔައީ މި ސީރީޒްއިންނެވެ. މިހާރު އުމުރުން 34 އަހަރުގެ ޑެނިއަލް ފުރަތަމަ ހެރީ ޕޮޓާއަށް ފުރުޞަތު ހޯދައިދީ މަގުފަހި ކޮށްދިނީ އެޕޮނިމަސް ފިލްމް ސީރީޒް އިންނެވެ.

2001 ވަނަ އަހަރު ގެނެސްދިން "ހެރީ ޕޮޓާ އެންޑް ދަ ފިލޯސޮފަރސް ސްޓޯން" އިން ފެށިގެން 2011 ވަނަ އަހަރު ގެނެސްދިން "ހެރީ ޕޮޓާ އެންޑް ދަ ޑެތްލީ ހެލޯސް - ޕާރޓް2" އާއި ހަމައަށް ދެނިއަލް ވަނީ މުހިންމު ރޯލެއް ކުޅެދީ ބެލުންތެރިންގެ ސަމާލުކަން ހޯދާފައެވެ.