ބޮލީވުޑް އަދި ހޮލީވުޑްގެ މަޝްހޫރު ތަރި ޕްރިޔަންކާ ޗޯޕްރާ މިވަނީ އޭނާ ދެން މަސައްކަތް ކުރަން ހަމަޖެހިފައިވާ ފިލްމު "ބްލަފް"ގެ ޝޫޓިންއަށް އޮސްޓްރޭލިއާ އަށް ގޮސްފައެވެ.

އޭނާގެ މީސް މީޑިއާގައި ހިއްސާ ކޮށްފައިވާ ރީލް އެއްގައި ފެނިގެންދަނީ އޭނާގެ އެ ކުރި ދަތުރުގެ ކުޑަ ޑޮކިއުމެންޓެކެވެ. އެވީޑިއޯ އިން ފެނިގެންދަނީ ފްލައިޓް މަތީގައި ނަގާފައިވާ ވަރަށް ހިތްގައިމު ރީތި މަންޒަރުތަކާއި ދަރިފުޅު މާލްތީ މޭރީގެ ވީޑިއޯ ކޮޅެކެވެ.

މި ވީޑިއޯ ހިއްސާކުރަމުން އޭނާ ބުނެފައިވަނީ ދަތުރު ކުރަން އެންމެ ރަނގަޅު ޕާޓްނަރަކީ ދަރިފުޅު މާލްތީ މޭރީ ކަމަށެވެ.

ޕްރިޔަންކާ އެންމެ ފަހުން ފެނިގެން ދިޔައީ ރޯމްގައި ބޭއްވި ބަލްގާރީގެ 140 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ އިވެންޓުގައި ކަޅު ހެދުމެއްގައި އަދި އޭނާ އަޅައިގެން ހުރި 140 ކެރެޓްގެ ސަރޕެންޓީ ކަރުގަ އަޅާ ފަށާއި ކޮންޑާ ހަމައަށް ކޮށާ ލެވިފައިވާ ސްޓައިލްގައެވެ.

ޕްރިޔަންކާ އެެންމެ ފަހުން ވަނީ ކުރިއަށް އޮތް ފިލްމު ހެޑްސް އޮފް ސްޓޭޓްގެ ޝޫޓިން ނިންމާލާފައެވެ. މި ފިލްމު ޑައިރެކްޓް ކޮށްފައިވަނީ އިލްޔާ ނައިޝުލަރއެވެ. މީގެ އިތުރުން މި ފިލްމްގައި އިދްރީސް އެލްބާ، ޖޯން ސީނާ، އަދި ޖެކް ކުއައިޑް ވެސް މުހިއްމު ރޯލުތަކެއް ކުޅެއެވެ.

ކިޔުންތެރިންގެ ހިޔާލު