ޑިޒްނީގެ އެނިމޭޓެއް ފިލްމު "މޮއާނާ 2" ގެ ޓްރެއިލާ އާންމުންނާ ހަމައަށް ދޫކޮށްލައިފިއެވެ.

މި ފިލްމު ތިއޭޓަރަށް އަންނަ ކަމަށް ހާމަކޮށްފައި ވަނީ ނޮވެމްބަރ މަހުގެ 29 ވަނަ ދުވަހުގައެވެ.

މި ފިލްމަކީ އެންމެ ފުރަތަމަ ޓީވީން ދެއްކުމަށް ހަމަޖެހިފައި އޮތް ފިލްމެެކެވެ.

މި ފިލްމްގެ ޓްރެއިލާގައި ޑްވޭން ޖޯންސަން އާއި އައުލީ ކްރަވަލްހޯ އިތުރު އެޑްވެންޗާ އަކަށް ނިކުންނަ އިރު، މި ދަތުރަކީ ފޯރި ގަދަ ދަތުރަކަށް ވާނެ ކަމަށް ވަނީ ފެނިގެން ގޮސްފައެވެ.

މިފަހަރު "މޮއާނާ 2" ޑައިރެކްޓް ކުރަނީ ޑޭވް ޑެރިކް ޖޫނިއާއެވެ.

ޑިޒްނީގެ ސީއީއޯ ބޮބް އައިގާ ސީބީއެންސީގައި ބުނީ "މޮއާނާ" ގެ ސީކްއެލް ކުރިން ގެނެސްދޭން ނިންމީ ސީރީޒެއްގެ ގޮތުގައި ކަމަށެވެ. އެކަމަކު ފީޗާ ފިލްމެއްގެ ގޮތުގައި ދެވަނަ ބައި ގެނެސްދޭން ނިންމީ އެއަށް ކޮށްފައި ހުރި މަސައްކަތްތަކުގެ ފުޓޭޖްތަކެއް ފެނިފައި ހިތްހަމަޖެހުނު ވަރު ބޮޑުކަމުން ކަމަށް ބުންޏެވެ.

"މޮއާނާ" ގެ ލައިވް-އެކްޝަން ފިލްމެއް ހަދާނެކަން މިދިޔަ އަހަރުގެ އެޕްރީލް މަހުގެ ތެރޭގައި އިއުލާންކޮށްފައިވެއެވެ.

މޮއަނާގެ ފުރަތަމަ ސީކްއެލްއަށް ޖުމްލަ 175 މިލިއަން ޑޮލަރު ހޭދަ ކުރިއެވެ، އެ ފިލްމަށް ބޮކްސް އޮފީހުގައި 682.6 މިލިއަން ޑޮލަރުގެ އާމްދަނީއެއް ވަނީ ލިބިފައެވެ.