މިދިޔަ ބުދަ ދުވަހު ހޮލީވުޑްގެ ލޯބީގެ ފިލްމެއް ކަމަށްވާ "އަ ފެމިލީ އެފެއާ" ގެ ޓްރެއިލާ ނެރެފިއެވެ.

މި ފިލްމުގެ ލީޑް ރޯލުން ފެނިގެންދާ ތަރިންގެ ތެރޭގައި ނިކޯލް ކިޑްމޭން އާއި ޒެކް އެފްރޯން އަދި ޖޯއީ ކިންގް ހިމެނެއެވެ.

އެނީވަން ބަޓް ޔޫގެ ފަހަތުގައި ތިބި ޓީމުން ޕްރޮޑިއުސްކުރާ މި ފިލްމު އެނބުރެނީ އޭނާގެ އެކަނިވެރި މަންމަ ބްރޫކް (ނިކޯލް ކިޑްމަން) އާއި އޭނާގެ އަމިއްލަ ނަފްސަށް ލޯބިކުރާ، ފިލްމީ ތަރި ބޮސް ކްރިސް ކޯލް (ޒެކް އެފްރޮން) އާއި ލޯބީގެ ގުޅުން ހިންގާކަން އެނގިގެން ޒާރާ ފޯޑް (ޖޯއީ ކިންގް) ގެ ރިއެކްޝަނުގެ މައްޗަށެވެ

މި ޓްރެއިލާގައި ފެނިގެންދަނީ ހިތްތަކަށް އެނގުން ވެލައިގެންދާނެ ފަދަ ސީން ތަކަކާއި ޒާރާ އާއި އޭނާގެ މަންމަ އާއި ދެމެދު ވެފައިވާ ކުރިމަތިލުން ތަކެކެވެ.

މި ފިލްމު ތެރޭގައި ވަރަށް ސަޕްރައިޒިން ކަންތައްތަކެއްވެސް ވެގެންދާނެ ކަމަށް ފިލްމުގެ މޭކަރުން ދަނީ ބުނަމުންނެވެ.

ނޮވެމްބަރު 2023 ގައި ރިލީޒް ކުރަން ނިންމާފައިވާ އޭ ފެމިލީ އެފެއާ 2024 އަށް ލަސްވީ ޑަބްލިއުޖީއޭ އާއި ސާގް-އެފްޓްރާގެ ހަޅުތާލުތަކުގެ ސަބަބުންނެވެ. ރިޗަޑް ލަގްރެވެނީޒް ޑައިރެކްޓްކޮށްފައިވާ އަދި ކެރީ ސޮލޮމަން ލިޔެފައިވާ މި ފިލްމު ޕްރޮޑިއުސްކޮށްފައި ވަނީ ޖޯ ރޯތު އާއި ޖެފް ކިރްޝެންބަމް އާއި އެގްޒެކެޓިވް ޕްރޮޑިއުސަރުން ކަމަށްވާ މިޝެލް މޮރިސީ، އެލިސާ އޮލްޓްމަން އަދި ސޮލޮމަންއެވެ. ޖޫން 28 ގައި ޕްރިމިއާ ކުރަން ހަމަޖެހިފައިވާ އެ ފެމިލީ އެފެއާގެ މުހިއްމު ރޯލުތަކުން ވެސް ލީޒާ ކޯޝީ އާއި ކެތީ ބެޓްސް ފެނިގެންދެއެވެ.