ހިންދީ ޑްރާމާއެކުން މަޝްހޫރުވެފައިވާ އިޝާ މަލްވިއާ އޭނާގެ ބައްޕަގެ އުފަންދުވަހުގެ ހަދިޔާ އަކަށް ސުވެންކީ ބްރޭންޑްގެ ކާރެއް ހަދިޔާ ކޮށްފިއެވެ.

އިޝާ ކާރާއެކު ނަގާފައިވާ ފޮޓޯއެއް އިންސްޓަގްރާމް ސްޓޯރީތަކުގައި ވަނީ ހިއްސާކޮށްފައެވެ. ބައްޕައާއި މަންމަ އަދި އޭނާ ފެންނަ އެ ފޮޓޯގައި އޭނާ ޖަހާފައިވަނީ އެ ކާރަކީ އެއީ ބައްޕައަށް ދިން ކާރެއް ކަމަށް ބުނެފައެވެ.

އިޝާ ގިނަ ބަޔަކަށް އެނގިގެން ގޮސްފައިވަނީ އުޑާރިޔާންގެ އިތުރުން ބިގްބޮސް 17 އިންނެވެ. އެ ޝޯގައި އޭނާ ލޯބީގެ ގޮތުން ސަމަރުތް ޖުރެލް އާއި ގުޅިގެން އުޅޭ ކަމަށް ރިޕޯޓްތަކުން ވަނީ ބުނެފައެވެ. ނަމަވެސް ދާދި ފަހުން "ޕިންކްވިލާ" އަށް ދިން އިންޓަވިއުއެއްގައި އޭނާ ބުނެފައިވަނީ އިޝާއާއި އެއްވެސް ގުޅުމެއް ނެތް ކަމަށާއި އެމީހުން ބްރޭކްއަޕް ވެފައިވާ ކަމަށެވެ.

އަދި އިތުރަށް އެކަމާއި ގުޅިގެން ވާހަކަ ދައްކަން ބޭނުން ނުވާ ކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ.

ސާމަރުތު އަކީ ބިގްބޮސް ގައި ވައިލްޑް ކާޑު ކޮންޓެސްޓަންޓްއެކެވެ. އޭނާ ބިގް ބޮސް އިން ތައާރަފް ކޮށްފައިވަނީ އިޝާ މަލްވިޔާގެ މިހާރުގެ ލޯބިވެރިޔާގެ ގޮތުގައެވެ.

ދެމީހުންގެ ދެމެދުގައި ގުޅުމެއް ނެތްކަން ސަމަރުތު ވަނީ "ޓައިމްސްނައު" އަށް ދިން އިންޓަވިއުއެއްގައި ވެސް ބުނެފައެވެ. އެގޮތުން އޭނާ ބުނެފައިވަނީ މީގެ މަހެއްހާ ދުވަސް ކުރިން އެ ގުޅުން ނިމިފައިވާ ކަމަށެވެ. ނަމަވެސް އެ އިންޓަވިއު ދީފައިވަނީ ކޮން ދުވަހެއްގައި ކަމެއް އެނގިފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު