ބޮލީވުޑްގެ މަޝްހޫރު ތަރިއެއްކަމަށްވާ ސާނިޔާ މަލްހޯތްރާ ނިއުޔޯކް އިންޑިއަން ފިލްމް ފެސްޓިވަލް 2024 ގެ އެންމެ މޮޅު ބަތަލާގެ މަގާމަށް ނޮމިނޭޓް ވެެއްޖެއެވެ.

އޭނަ ނޮމިނޭޓްވެފަ މިވަނީ އެންމެ ފަހުން އޭނާ ކުޅެފައިވާ ފިލްމް ކަމަށްވާ މިސިސް އިންނެވެ.

ސާނިޔާގެ އިތުރުން އެ ފިލްމުގެ ޑައިރެކްޓަރު ކަމަށްވާ އަރާތީ ކަދަވް އަށް ވެސް ވަނީ އެންމެ މޮޅު ޑައިރެކަޓަރުގެ އެވޯޑަށް ނޮމިނޭޓް ވެފައެވެ.

ޖިއޯ ސްޓޫޑިއޯގެ އޮފިޝިއަލް އިންސްޓަގްރާމުގައި ވަނީ މިކަން އިއުލާން ކޮށްފައެވެ. އަދި މި ފިލްމު ނިއުޔޯކް އިންޑިއަން ފިލްމް ފެއާގައި ސްކްރީން ކުރުމަށް ހަމަޖެހިފައިވާ ވާހަކަވެސް ވަނީ ހިއްސާކޮށްފައެވެ.

މިސިސް މި ފިލްމް ވަނީ ޕްރެސްޓީޖިއަސް ފިލްމް ފެސްޓިވަލްގައިވެސް ސްކްރީން ކުރުމަށް ތައްޔާރުވެފައެވެ.

ސާނިޔާ ބުނެފައިވަނީ މި ފިލްމު ކުޅެލަން ލިބުމަކީ ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ. އަދި ހުރިހާ އަންހެނުނަށް ދެވުނު މި ޓްރިބިއުޓަކީ މީހުން ވަރަށް ބަލައިގެން ކަމެއް ކަމަށްވެސް އޭނާ ފާހަގަ ކުރިއެވެ.

މަސައްކަތުގެ ދާއިރާ އާއި ޓްރެޑިޝަންގެ ކަންތައްތައް ބެލެންސް ކޮށްގެން އުޅޭ މީހުންގެ ދިރިއުޅުން އިހުސާސް ކުރެވުނު ކަމަށްވެސް އޭނާ ބުނެފައިވެއެވެ.

އެފަދަ ރޯލަކުން މަސައްކަތްކޮށް އެންމެ މޮޅު ބަތަލާގެ އެވޯޑަށް ނޮމިނޭޓް ވުމުން ވަރަށް ފަހުރުވެރިވާ ކަމަށްވެސް ސާނިޔާ ވަނީ ފާހަގަ ކޮށްފައެވެ.