އަމީތާބަށް ކާފަ ކިޔާ ދަރިއެއް ކަމަށްވާ ނަވްޔާ ނަވެލީ ފިލްމީ ދާއިރާއަށް ނުނިކުންނާނެ ކަމަށް ޝުވެތާ ބައްޗަން ބުނެފިއެވެ.

އެކްޓަރު އަގަސްތިޔާ ނަންދާ އަށް ފަހު ބޮލީވުޑަށް ނަވްޔާ އަންނަން އުޅޭ ކަމަށް ވަރަށް ގިނަ ފަރާތްތަކުން އަންނަނީ ހަބަރު ފަތުރަމުންނެވެ. ނަމަވެސް ޝުވެތާ މިވަނީ މިހުރިހާ ފަރާތް ތަކަށް ރައްދު ދެއްވާ އެވާހަކަތަށް ދޮގު ކޮށްފައެވެ. ނަވްޔާ އަދި އަގަސްތިޔާ އަކީ އާމީތާބަށް ކާފަ ކިޔާ އަދި ރާޖް ކަޕޫރަށް މުނި ކާފަ ކިޔާ ކުދިންނެވެ.

މުމްބާއިގައި ޕޮޑްކާސްޓަރުންނަށް ބޭއްވި ހަފްލާއެއްގައި ޝުވެތާ ވަނީ ދަރިފުޅު ނަވްޔާ ތަމްސީލު ކޮށްދީފައެވެ. އަދި ވާހަކަ ދައްކަމުން ބުނެފައިވަނީ ނަވްޔާ އާއި މެދު ވަރަށް ފަހުރުވެރިވާ ކަަމަށެވެ. ނަވްޔާގެ ބަދަލުގައި އެވޯޑާއި ހަވާލުވާން ލިބުމަކީ ވެސް ޝަރަފެއް ކަމަށް އޭނާ ބުންޏެވެ.

ނަވްޔާ އަކީ "ވަޓް ދަ ހެލް ނަވްޔާ" ގެ ނަމުގައި ޕޮޑްކާސްޓް ގެނެސްދެ މީހެކެވެ.

ނަވަޔާގެ މި ހުނަރާއި މެދު ދެކޭ ގޮތާއި މެދު ސުވާލު ކުރުމުން އޭނާ ބުނީ، އެއީ މީހުންނާ ހަމައަށް ވާސިލްވާން ވަަރަށް ސަޅި ގޮތެއް ކަމަށެވެ. އަދި މީހަކަށް ބަރޯސާ ނުވެ އަމިއްލަ ގޮތްތައް ބޭނުން ކޮށްގެން ބޭނުން ގޮތަކަށް ކުރިއަށް ގެންދެވޭނެ ކަހަލަ ޕްރޮގްރާމް އެއް ކަމަށްވެސް ބުންޏެވެ. ކޮންމެ ތަނަކު ހުރެގެންވެސް އަޑު އަހާލެވޭނެ ކަހަލަ އެއްޗެއް ކަމަށާއި ނަވްޔާ އާއި މެދު ފަހުރުވެރިވާ ކަމަށް ތަކުރާރުކޮށް ޝުވެތާ ބުނެފައި ވެއެވެ.