ބޮލީވުޑްގެ މަޝްހޫރު ޖޯޑެއް ކަމަށްވާ މަލައިކާ އަރޯރާ އާއި އަރްޖުން ކަޕޫރުގެ ލޯބީގެ ގުޅުން ކެނޑުނު ކަމުގައި ވިޔަސް އަދިވެސް ވަރަށް ގާތް ދެ ރަހްމަތްތެރިން ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

5 އަހަރު ލޯބީގެ ގޮތުން ގުޅިގެން އުޅުމަށްފަހު މިހާރު މި ދެ ތަރިންވެސް ވަނީ ރުޅިވެފައެވެ. ދެ ތަރިންގެ ވަރަށް ގާތް ފަރާތަކުން ނިއުސް އޭޖެންސީ އައިއޭއެންއެސް އަށް މައުލޫމާތު ދިން ގޮތުގައި ލޯބިން އެހާ ގިނަ އަހަރު އުޅުމަށް ފަހު އެހެން އެއްކޮށް ފެނުމަކީ އެކަށީގެންވާ ކަމެކެވެ.

އޭނާ އެހެން ބުނެފައިވަނީ މިހާރު އާންމު ވަމުންދާ ފޮޓޯ ތަކުން އެދެމީހުން ވަރަށް ގައިގޯޅި ވެގެން ތިބޭތަން ފެނުމުން އެކަމާ މީހުން ސުވާލު ކުރާތީއެވެ. އޭނާ ބުނި ގޮތުގައި ރުޅި ވިޔަސް ވެސް މިއަދާ ހަމައަށް ވެސް މި ދެ ތަރިންނަކީ ވަރަށް ގާތް ރައްޓެހިންނެވެ.

2018 ވަނަ އަހަރު ފޮޓޯ ތަކުން ފެނި އެދެމީހުން ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަމުގެ އަޑު ފެތުރުނު ނަމަވެސް އެދެމީހުން އެކަން ކަށަވަރު ކޮށްދިނީ 2019 ވަނަ އަހަރު މަލަައިކާގެ އުފަން ދުވަހުގައެވެ.

މަލައިކާ މީގެ ކުރިން ވަނީ ސަލްމާން ޚާންގެ ބޭބެ އަރްބާޒް ޚާން އާއި ކައިވެނި ކޮށްފައެވެ. އެ ކައިވެނި ރޫޅިފައިވަނީ 2017ގައެވެ. ކައިވެނި ރޫޅުނު އިރު ވަނީ ކައިވެންޏަށް ކުއްޖަކުވެސް ލިބިފައެވެ. އެއީ އަރްޙާންއެވެ.

މަލައިކާ ކުރިން ކައިވެންޏެއް ކުރި ނަމަވެސް އަރްޖުން އަދި އެއްވެސް ކައިވެންޏެއް ނުކުރެއެވެ.

މި ދެ ތަރިންގެ ރުޅިވުމާއި އެކީ އެމީހުންގެ ފޭނުން ވަނީ އެކަމާއި ހިތާމަކޮށް އަލުން ގުޅޭނެ ކަމަށް އުންމީދު ކުރާ ކަމަށް ބުނެ މީސް މީޑިއާގައި ފަތުރާފައެވެ.

ކިޔުންތެރިންގެ ހިޔާލު