"ލޯބިވެރިއެއް ހޯދަން" އެހީވުމަށް މީހަކު އިންޑިއާ ދިއްލީ ފުލުހުން ކައިރިން އެދިއްޖެއެވެ. މި ހުރިހާ ކަމެއް ފެށުނީ ދުނިޔޭގެ ދުންފަތުގެ އިސްތިއުމާލު ނުކުރާ ދުވަހުގެ މުނާސަބަތުގައި ދިއްލީ ފުލުހުން އެކްސްގައި ޕޯސްޓެއް ހިއްސާކުރި ހިސަަބުންނެވެ.

މިއާއެކު އެކްސް ބޭނުންކުރާ ޝިވަމް ބަރްދްވާޖް ވަނީ އެ ޕޯސްޓާއި އެއްވެސް ގުޅުމެއް ނެތް ކޮމެންޓެއް ދޫކޮށްފައެވެ.

ޝިވަމް ދިއްލީ ފުލުހުންގެ ކިބައިން އެދުނީ އޭނާއަށް ލޯބިވެރިއަކު ހޯދުމަށް އެހީވުމަށެވެ. ނަމަވެސް ސިންގަލް މި ލަފުޒު އޮޅިގެން އޭނާއަށް "ސިގްނަލް"ގެ ގޮތުގައެވެ.

އެއަށްފަހު ދިއްލީ ފުލުހުން ވަނީ އެއަށް ޖަވާބު ދީފައެވެ.

އެ ކޮމެންޓަށް ރައްދު ދެމުން ދިއްލީ ފުލުހުން ލިޔެފައި ވަނީ "ސަރ، ފުލުހުންނަށް އެހީވެވޭނީ އޭނާ ހޯދުމުގައި (އެއީ އޭނާ ގެއްލިއްޖެނަމަ) ކަމަށެވެ. އަދި އޭނާއަކީ "ސިގްނަލް" އެއް ނަމަ އުއްމީދަކީ ރަތްކޮށް ހުރުން ނޫން ކަމަށާއި ފެހިކަން މަތީ ދެމިހުރުން ކަމަށްވެސް ބުނެފައި ވެއެވެ.

ދުނިޔޭގެ ދުންފަތުގެ އިސްތިއުމާލު ނުކުރާ ދުވަހުގެ މުނާސަބަތުގައި ފުލުހުން ވަނީ ހިނިތުންވުން ދައްކުވާދޭ ދެ އިމޯޖީއެއް ހިމެނޭ ފޮޓޯއަކާއިއެކު "ދުންފަތުގެ އިސްތިއުމާލު ކުރާއިރު" ފެންނަ ގޮތާއި އެކަން ނުކުރާ މީހެއްގެ ހުންނަ ގޮތް ދައްކުވާދީފައެވެ.