ހޮލީވުޑްގެ މަޝްހޫރު ސުޕަރހީރޯ ފްރެންޗައިޒް "ވެނޮމް 3" ގެ އޮފިޝަލް ޓްރެއިލާ ނެރެފިއެވެ.

މި ފިލްމަކީ މި އަންނަ އޮކްޓޫބަރ މަހުގެ 25ގައި ނެރުމަށް ހަމަޖެހިފައިވާ ފިލްމެކެވެ.

ފާހަގަކޮށްލަންޖެހޭ ކަމަކީ މި ފިލްމަކީ އާންމުގެ ވަރަށް ބޮޑު މަގްބޫލު ކަމެއް ހޯދާފައިވާ ފިލްމެއް ކަމެވެ. މި ފިލްމްގެ ފުރަތަމަ ބަޔާއި ދެވަނަ ބަޔަށް ވެސް ވަނީ އާންމުންގެ ވަރަށް ބޮޑު ތަރުހީބެއް ލިބިފައެވެ.

މިހާރު ގިނަ ބަޔަކު އިންތިޒާރު ކުރަމުން މިދަނީ އޮކްޓޫބަރ 25 އަށެވެ. އެއީ "ވެނޮމް: ދަ ލާސްޓް ޑާންސް" ބަލައިލާ ހިތުންނެވެ.

މި ފިލްމު ހެދުމަށް ވަނީ 110 މިލިއަނަށް ވުރެ ބޮޑު ބަޖެޓެއް ހަރަދު ކޮށްފައެވެ. އެއީ އެހެން ބައިތަކަށް ވުރެ ފެންވަރު ރަނގަޅު ކުރުމަށާއި ފޭނުން އިތުރަށް ސަޕްރައިސް ކުރުމަށް ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.

ޓޮމް ހާޑީ މިފަހަރުވެސް ފިލްމުގެ މެއިން ލީޑް ރޯލުން ފެނިގެންދާއިރު، ފިލްމުގައި މަސައްކަތްކުރާ އެހެން ތަރިންނަށް ބަލާލާއިރު، ސްޓެފަން ގްރަހަމް އާއި ޕެގީ ލޫ އާއި ޝިވެޓެލް އެޖޮއޮފޯ އަދި ޖޫނޯ ޓެމްޕްލް ފަދަ ތަރިން ފާހަގަ ކޮށްލެވެއެވެ.

ވެނޮމްގެ ފުރަތަމަ ބައި 2018 ގައި ގެނެސްދިނުމަށްފަހު ދެވަނަ ބައި ގެނެސްދީފައިވަނީ 2021ގައެވެ.

މިއީ މާވެލް އެންޓަޓެއިންމެންޓާއި ކޮލަމްބިއާ ޕިކްޗާސް އަދި ސޮނީ ޕިކްޗާސް ގުޅިގެން އުފައްދާ ފިލްމެކެވެ.

ވެނޮމްގެ ހުރިހާ ބަޔަކަށްވެސް ބޮކްސް އޮފީހުގައި ވަނީ ވަރަށް ބޮޑު ކާމިޔާބީއެއް ލިބިފައެވެ.

ވެނޮމް 3 ވަނަ ބަޔަށްވެސް ވަރަށް ބޮޑު ތަރުހީބެއް ލިބޭނެ ކަމަށް އުންމީދު ކުރެވެއެވެ.

ކިޔުންތެރިންގެ ހިޔާލު