ޕީސީއޯއެސް އަކީ ހޯމޯނަލް އިމްބެލެންސްއެކެވެ. ޕީސީއޯއެސްގެ ސަބަބުން މައްސަރު ކަންތައް ލަސްވުމާއި، މޫނުގައި ބިހި ނެގުމާއި، ފަލަވުމާއި، މޫޑް ސްވިންގްސް ފަދަ އަލާމާތްތަކައި ކުރިމަތިވެއެވެ.

ޕީސީއޯއެސްގައި ކާބޯތަކެތީގެ ބައެއް ބާވަތްތަކުން ދުރުހެލިވުމަކީ އަލާމާތްތައް މެނޭޖްކުރުމަށް އެހީތެރިވެދޭނެ ކަމެއް ކަމަަށް ވެއެވެ.

މިގޮތުން ހިންދުސްތާނީ ޓައިމްސްގައި ހިއްސާކޮށްފައިވާ ބައެއް ކަންކަމަށް ބަލާއިރު

1- މަދުވެގެން މަހެއްހާ ދުވަސް ވަންދެން ގްލޫޓަން ފްރީކޮށް އުޅުމަކީ ޕީސީއޯއެސްގެ އަލާމާތްތައް މެނޭޖްކުރުމަށް އެހީތެރިވެދޭނެ ކަމެއް ކަމަަށް ވެއެވެ.

2- ޑެއިރީ އައިޓަމްތަކުގެ ސަބަބުން އެންޑްރޮޖަން ލެވެލް މަތިކޮށް، އިންސިއުލިން ރެސިސްޓެންސް އިތުރަށް ގޯސްކޮށްދެ އެވެ. ޑެއިރީ ޕްރޮޑަކްޓްތަކާއި ދުރަަށް ދިއުމަކީ އިންސިއުލިން ރެސިސްޓެންސްގެ އުނދަގޫތައް މެނޭޖްކުރުމަށް އެހީތެރިވެދޭނެ ކަމެކެވެ.

3- ޕީސީއޯއެސްގައި ހަކުރު ހުންނަ ތަކެތި މާގިނައިން ބޭނުން ކުރުމަކީ ވަރުބަލިވުމާއި ބަރުދަން އިތުރުވުމާއި ބަނޑުހައިވުމުގެ އަލާމާތްތައް އިތުރަށް ގޯސްކޮށްދޭ ކަމެކެވެ.

4- ރަތްކުލަ ގަދަ މަސް (ރެޑްމީޓް) ކެއުން މުޅިން ހުއްޓާލައިގެން ނުވާނެއެވެ. އޭގެ ބަދަލުގައި ހަފުތާއަކު ދެ ފަހަރު ކެވިދާނެެއެވެ. އޭގެ ބަދަލުގައި އޮމެގާ-3ގެ ފައިދާ ހިމެނޭ މަސް ބޭނުން ކުރެވިދާނެއެވެ.

5- ފްރައިޑް ފުޑްސް (ފްރެންޗް ފްރައިޒް، ޕޮޓޭޓޯ ޗިޕްސް، ކޯން ޗިޕްސް އަދި ފްރައިޑް ޗިކަން ނުވަތަ ފިޝް) ނުކެއުން.

6- ބަޓަރު ނުވަތަ މާޖަރިން ބޭނުން ނުކުރުން.

7- ޕްރޮސެސްޑް ސްނެކްސް: ކޭކް، ކުކީޒް، ކެންޑީ އަދި ޕައި ފަދަ ކެއުންތަކާއި ދުރުވުން.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ބަބޫ

    ތިކަންތައް ފުރަތަމަ ފެށެނީ މިހާގެ މުޑުދާރުކަމުން. ޔޫރިން އިންފެކްޝަން އަކުން ފެށެނީ. ދެން ޕީރިއަޑް އިރެގިއުލާ ވާނީ ދެން ހޯމޯން އިންބެލެންސްވާނީ. އިންފެކްޝަންގެ ސަބަބުން ހުރިހާ ކަމެއް ފެށެނީ. އަންހެނުންނަކީ އަވަސް އަވަހަށް އެތަން ދޮވެ ސާފްކޮށްގެން ތިބެންޖެހޭ ބައެއް. ގުޅުން ހިންގާފަވެސް ވީހާވެސް އަވަހަކަށް ސާފްކުރަން އެބަ ޖެހޭ. ނޫނީ ތިކަހަލަ ކަންތަކާ ޖެހޭނެ. މިވާހަކަ ތަކަކީ ލަދުގަނެ ދެރަވެދާނެތީ ދައްކަން ނުކެރޭވާހަކަ. އެކަމަކު މީ ހަގީގަތް. ފުރަތަމަ އިންފެކްޝަންއަކުން ފެށި ޕީރިއަޑް އިރެގިއުލާވާނީ.

    2
    9
  2. އ

    ބުނަންތަ ވާހަކައެއް.ޔޫރިން އިންފެކްޝަން ހެދިދާނެ މީހާ ކިތައްމެ ސާފުތާހިރު ވެގެން އުޅުނަސް.ހަށިގަނޑުން ފެންމަދުވެގެން ވެސް އިންފެކްޝަން ހެދިދާނެ.

    4
    0