މާ ބޮޑަށް ކުޅީ ކަމަށް ބުނެ ޑެންމާކުން ސަމްޔަންގް އިންސްޓެންޓް ނޫޑުލްސް އެ ގައުމަށް އެތެރެކުރުން މަނާކޮށްފިއެވެ.

ޑެންމާކްގެ ކާބޯތަކެއްޗާ ބެހޭ ވުޒާރާއިން އަންގާރަ ދުވަހު ނެރުނު ބަޔާނެއްގައއި ބުނެފައިވަނީ ސައުތު ކޮރެއާގެ އުފެއްދުމެއް ކަމަށްވާ ސަމްޔަންގް ނޫޑުލްސް ވަރަށް ކުޅި ކަމަށާއި އެ ނޫޑްލިސް ކައިގެން ވިހަވުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.

ސަމްޔަން ނޫޑުލްސްގައި ކުޅި ކުރުމަށް އަޅާ މާއްދާއެއް ކަމަށްވާ ކެޕްސައިސިންގެ ލެވަލް މަތި ކަމަށާއި އެހެންކަމުން ހަށިގަނޑަށް އޭގެ ސަބަބުން ގެއްލުންވުން އެކަށީގެންވާ ކަމަށް އެ ގައުމުގެ ކާބޯތަކެއްޗާ ބެހޭ ވުޒާރާއިން ބުނެފައިވެއެވެ.

ޑެންމާކުން އެ ގައުމަށް އެތެރެ ކުރުމަށް މަނާކުރީ ސަމްޔަންގެ ތިން ވަށްތަރެކެވެ. އެއީ

  • ބުލްޑަކް 3 ޓައިމްސް ސްޕައިސީ އެންޑް ހޮޓް ޗިކަން
  • 2 ޓައިމްސް ސްޕައިސީ އެންޑް ހޮޓް ޗިކަން
  • ހޮޓް ޗިކަން ސްޓޫ

ޑެންމާކުގެ ކާބޯތަކެއްޗާއި ބެހޭ ވުޒާރާއިން ވަނީ އެ ތިން ބާވަތު ޕެކެޓް މިހާރު ގަނެފައިވާ ފަރާތްތަކުން އެ ތަކެތި ފިހާރަތަކަށް އަނބުރާ ރައްދުކުރުމަށެވެ. ނުވަތަ އެ ތަކެތި އުކާލުމަށް ވަނީ އަންގާފައެވެ.

މި ކަމާއި ގުޅިގެން ސަމްޔަންގް އިން ބުނެފައިވަނީ މިއީ ގައުމަކުން އެ ކުންފުނީގެ އުފެއްދުންތައް އެތެރެކުރުން މަނާކުރި ފުރަތަމަ ފަހަރު ކަމަށެވެ. އަދި އެ ކުންފުނީގެ އުފެއްދުންތަކުން އިންސާނުންނަށް ވިހަ ވުމުގެ ފުރުސަތު ނޯންނާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. މަންނު

    ޑެންމާކުގައި ގިނަ ވާނީ މޮޔައިން.

    6
    2
  2. ޗަކޮއި

    ޑެންމާކު މީހުން ނުކަންޏާ ފޮނުވާލާ މިކޮޅަށް.. މިކޮޅުގަ ތިބޭނެ ކުޅިކޮން ކާން ނޭންގޭ ކުދިން..

    5
    1
  3. ަހއ

    ބޯހަމަނުޖެހޭ ބަޔަކު އުޅޭ ގައުމެއް

    3
    2