ސްޕެނިޝްގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ ޖެރާޑް ޕިކޭ އާއި ހޮލީވުޑްގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޝަކީރާގެ "ބްރޭކްއަޕް" އަށް ފަހު ހީވީ މެއަށް ތޫނު ހަންޖަރެއް ހެރުނު ހެން ކަމަށް ޝަކީރާ ބުނެފިއެވެ.

މި ދެ ތަރިން 11 އަހަރު އެކުގައި އުޅުމަށް ފަހު ވަކިވެފައިވަނީ 2022 ވަަނަ އަހަރުއެވެ.

އީ ނިއުސް އަށް ދިން އިންޓަވިއެއްގައި ޝަކީރާ ބުނެފައިވަނީ ޕިކޭ އާއި ރުޅިވުން ވެގެން ދިޔައީ މީހަކު އޭނާގެ މޭގައި ލޯވަޅެއް އެޅުން ފަދަ ކަމަކަށް ކަމަށާއި އޭނާ އަށް ވަރަށް އުނދަގޫވި ކަމަށެވެ. އަދި މޭގައި ލޯވަޅެއް ހުރި ހެންވެސް ހީވި ފަހަރު ދިޔަ ކަމަށް ބުނެފައި ވެއެވެ.

ޕިކޭ އާއި ބެހޭގޮތުން ފެތުރުނު އަޑުތަކުގެ ވާހަކަ އެހުމުން އޭނާ ބުނެފައިވަނީ، ހިޔާނާތާ މަކަރާއި ހީލަތުގެ މައްސަލައާއި ފްރައުޑްގެ މައްސަލަ ތަކަށްފަހު އޭނާގެ ދިރިއުޅުމުގައި ވަރަށް ގިނަ ގޮންޖެހުންތަކަކާއި ކުރިމަތިލާން ޖެހުނު ކަމަށެވެ. އަދި އެކަހަލަ ދަނޑިވަޅެއްގައި ބައްޕަ ބަލަން ޖެހުނު ކަމަށްވެސް ބުނެފައިވެއެވެ.

ދިމާވި އެ ހިތްދަތި ދުވަސްވަރު ކުރިމަތިލާން ޖެހުނު ކަންތައްތަކަށް ފަހު ދިރިއުޅުމަށް އައި ބަދަލުތަކުގެ ވާހަކަވެސް އޭނާ ދެއްކިއެވެ.

ބޮޑެތި ހުރަސްތަކެއް ކުރިމަތިވި ނަމަވެސް އޭނާ އެކަމުން އަރައިގަނެވުނީ މިއުޒިކުގެ ސަބަބުން ކަމަށް އޭނާ ބުންޏެވެ. އަދި އޭނާގެ ފަންނު ވެރިކަން ކުރިއެރުވުމަށް އިތުރަށް މަސައްކަތް ކުރި ކަމަށް ވެސް ބުންޏެވެ.

ލޯތްބަށްޓަކައި ވީ ގުރުބާނީ އާއި ހުރިހާ ކަމަކަށް ފަހު ޕީކޭ އާއި ރުޅި ވުމުން މިހާރު އަމިއްލަ ނަފްސަށް އޮތް އިތުބާރާއި ކާމިޔާބު އޭނާ އަށް އިހުސާސް ކުރެވޭ ކަމަށްވެެސް ޝަކީރާ ބުނެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ނައިފަރު މީހާ

    އެކަމަކު ޗަކޮއި އެސޮރަށް މަލާމަތްކޮށް ކިޔާފައި ހުރި ލަވަތަކުން ހީވަނީ މުށުން ދޫވި ޤުމްރީހެން. ވީމާ އަލުން ލަވަޔެއް ރިކޯޑްކުރަންވީނު. ތިކަމާ އެންމެ ގުޅޭނީ ނައިފަރު ދޮހޮއްކޮގެ ނުރޯށެކަލޭ ވޭނީ ހިތާމައިން ނުރޯށެކަލޭ!

    11
    2