ބޮލީވުޑްގެ މަޝްހޫރު ތަރި ވަރުން ދަވަންގެ ދަރިފުޅުގެ ކުޑަ ކުޑަ ފެނިލުމެއް ހިއްސާކޮށްފިއެވެ.

ބައްޕައިންގެ ދުވަހާއި ގުޅިގެން އޭނާގެ އޮފިޝިއަލް އިންސްޓަގުރާމުގައި ވަނީ ޕޯސްޓެއް ހިއްސާކޮށްފައެވެ.

އޭގައި ބުނެފައިވަނީ، އުފާވެރި ބައްޕައިންގެ ދުވަހަކަށް އެދޭ ކަމަށާއި އަދި އޭނަގެ ބައްޕަގެ ފަރާތުން ދަސްވެފައިވާ ކަމަކީ އެދުވަސް ފާހަގަ ކުރުމަށް ގޭގައި މަޑު ނުކޮށް ބޭރަށް ނިކުމެ ދަރިފުޅުގެ މުސްތަގުބަލަށްޓަކައި ބުރަކޮށް މަސައްކަތް ކުރުން ކަމަށެވެ. އެހެން ކަމުން އޭނާ ވެސް އެހެން ކަންތައް ކުރާ ކަމަށެވެ.

އޭނާ ހިއްސާކޮށްފައިވާ ފޮޓޯގައި ފެނިގެންދަނީ އޭނަގެ އަތުގައި ދަރިފުޅު ހިފަހައްޓައިގެން ހުރި މަންޒަރެވެ. އަނެއް ފޮޓޯއިން ފެނިގެންދަނީ އޭނަގެ ކުއްތާގެ އަތުގައި ހިފަހައްޓައިގެން ހުންނަ މަންޒަރެވެ.

ދަރިފުޅު ދުނިޔެއަށް އައިކަން އޭނާ އޮފިޝަލްކޮށް އިންސްޓަގުރާމުގައި ހިއްސާކޮށްފައިވާ ޕޯސްޓުގައިވެސް ފެނިގެންދަނީ "އަވަރ ބޭބީ ގާލް އިޒް ހިއަރ" ޖަހާފައިވާ މަންޒަރާއި އެމިމޭޓެއް ކުއްތާއެއް "ވެލްކަމް ލިލް ސިސް" ޖަހާފައިވާ ބޯޑެއް ހިފައިގެންވާ މަންޒަރެވެ.

އޭގެ ތިރީ ކެޕްްްްްްޝަންގައި ލިޔެފައިވަނި ދަރިފުޅު ދުނިޔެއަށް އައިސްފައިވާ ކަމަށާއި ދެމައިންގެވެސް ހާލު ރަނގަޅު ކަމަށެވެ.

ވަރުން ވަނީ އަދިތްޔާ ސަރްޕޮޓްދާރްގެ ފިލްމު މުންޖިއާގައި ކެމިއޯގެ ފެނިލުމަކުން ފެނިގެން ގޮސްފައެވެ.

ވަރުން ދެން ފެނިގެންދާނެ ކަމަށް ބުނެފައިވަނީ ޖާންވީ ކަޕޫރް އާއި އެކިން ކުޅެފައިވާ ފިލްމު ބަވާލް އިންނެވެ.

ވަރުން އަކީ ފިލްމީ ދާއިރާގައި މަސައްކަތް ކުރަން ފެށިއިރުން ފެށިގެންވެސް އާންމުންގެ ވަރަށް ބޮޑު ތަރުހީބަކާއި ލޮއެއްބެއް ލިބެމުން އަންނަ ތަރިއެއްކަން ފާހަގަ ކޮށްލެވެއެވެ.