ނިކް ޖޯނަސް އާއި އްޑްރިއެން ވޯރެންގެ 2025 ވަނަ އަހަރު އެކީގައި ފެނިގެންދާނެ ކަމަށް ރިޕޯޓްތަކުން ބުނެފިއެވެ. ރިޕޯޓްތަކުން ބުނާ ގޮތުގައި މި ދެ ފަންނާނުން އެކީ ފެނިގެންދާނީ "ދަ ލާސްޓް ފައިވް އިޔާސް" އިންނެވެ.

މިއުޒިކަލް މި ރިވައިވަލްގައި ޖޭސަން ރޮބާޓް ބްރައުންގެ ސްކޯރ އަދި ފޮތެއްވެސް ހިމެނޭއިރު، މި ކުރިއަށް ދާނީ ޖާޖާ އެފްރިކަން ހެއަރ ބްރެއިޑިން އިން ޓޯނީ ވައިޓްއަށް ނޮމިނޭޓްވި ވައިޓްނީ ވައިޓް ކަމަށް ހޮލީވުޑްގެ ރިޕޯޓަރަކު ވެސް ބުނެފިއެވެ.

އެންމެ ފުރަތަމަ ދަ ލާސްޓް ފައިވް އިޔާސް ޕްރެމިއާރ ކޮށްފައިވަނީ 2001 ގައެވެ. ނަމަވެސް 2002 އަދި 2013 ވަނަ އަހަރު ވަނީ އޮފް ބްރޯޑްވޭއަށް ގޮސްފައެވެ. އޭގެ ފަހުން ފިލްމު އެޑަޕްޓޭޝަން އަށްވެސް ގޮސްފައެއް ނުވެއެވެ.

ނަމަވެސް 2025 ވަނަ އަހަރު އަލުން މިވަނީ މިއުޒިކަލް ބްރޯޑްވޭ އަށް އައުމުގެ މަސައްކަތް ފަށާފައެވެ.

ދަ ލާސްޓް ފައިވް އިޔާސް އަކީ ނިއުޔޯކުގެ އުންމީދީ ލިޔުންތެރިޔާ ޖޭމީ އާއި އުންމީދީ ތަރިއެއް ކަމަށްވާ ކެތީގެ ލޯބީގެ ހަޔާތުގައި ފަސް އަހަރު ދިމާވާ ހުރިހާ އަޑިގަނޑާއި އުސްގަނޑު ދައްކުވައިދޭ އެއްޗެކެވެ. މިހުރިހާ ކަމެއް ފެށިގެންދަނީ އިދިކޮޅަށް ކަމަށް ވެސް ބުނެފައިވެއެވެ.

ބްރައުން ބުނެފައިވަނީ، ނިކް އާއި އްޑްރިއެން ހިމަނައިގެން މަސައްކަތް ކުރުމަކީ ވަރަށް ވިސްނުމަށްފަހު ނިންމި ނިންމުމެއް ކަމަށެވެ. 25 އަހަރަށް ފަހު ވިއަސް ރަނގަޅު ވަގުތު ޖެހުނީމާ އަނެއްކާވެސް ބްރޯޑްވޭއަށް އެނބުރި އަންނާނެ ކަމަށް އޭނާ އުންމީދު ކުރި ކަމަށް ބުނެފައިވެއެވެ.

މި ފިލްމު އަޅުވާނެ ތަނަކާއި ތާރީހެއް ވެސް އަދި ހާމަކޮށްފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު