ރާއްޖޭގައި ކުލަގަދަކޮށް އަޟްހާ އީދު ފާހަގަ ކުރަމުންދާއިރު، ބިޒީކޮށް އުޅޭ މީހުންނާއި ގޭގައި ތާށިވެފައި ތިބި މީހުންނަށް އީދުގެ ކުޅިވަރުތައް ދައްކަމުން ދަނީ ސްނެޕްޗެޓާއި އިންސްޓަގްރާމްގައި އުޅޭ ރަހުމަތްތެރިންނެވެ. މިއީވާ ރަނގަޅު ބައެކެވެ. މުޅި ސްނެޕްޗެޓް ފުރިފައި މި އޮތީ މިފަދަ ވީޑިއޯތަކުންނެވެ. ރާއްޖޭގައި މިފަހަރުގެ އީދު ގާތްގަނޑަކަށް ހުރިހާ ރަށެއްގައި ފާހަގަކުރަމުންދާއިރު، ވީޑިއޯތަކުން ހަމަ އެރަށެއްގައި އުޅެވޭ ކަހަލައެވެ.

ފޯރީގައި ނެށުމާއި، އީދު ކުޅިވަރާއި، އެކި ހަރަކާތްތަކުން ލިބެމުން ދަނީ ހިތްހަމަޖެހުމެވެ. އީދު ކުޅިވަރު ބަލަން ނުދެވުނަސް ރަށްރަށުގައި ކުރިއަށްދާ އީދު ހަރަކާތްތައް ހަމަ ހަމަލޮލަށް ފެންނަ ކަހަލައެވެ.

މިކަމާއި ވަަރަށް ބޮޑަށް ޝަކުވާ ކުރާ މީހުންވެސް އެބަ އުޅެއެވެ. އެއްބަޔަކު ބުނަނީ "ޑޭޓާ" ހަމަ ބޯލަނީ ކަމަށެވެ. އަނެއް ބަޔަކު ބުނާގޮތުން މި ހުރިހާ ސްނެޕެއް ބަލާ ނިމޭއިރު، މުޅި ދުވަސް ނިމިދާނެއެވެ. ފުލުފުލުގައި އީދު ވީޑިއޯ ފޮނުވަމުންދާ މީހުންނަށް "ރިމޫވް"ކޮށްލާނެ ކަމުގެ އިންޒާރުވެސް ދީފައި ވެއެވެ.

ސެނެޕްގެ އިތުރުން މިފަހަރު ޓިކްޓޮކްގައިވެސް އީދުގެ ހަރަކާތްތަކުގެ ވީޑިއޯތައް ގިނައެވެ. މުޅި ފީޑުން އީދުގެ ހަރަކާތްތައް ފެންނަ ކަހަލައެވެ.

މިފަހަރު އީދުގައި ގިނަ ރަށްތަކުގައި ހަވާ އެެރުވުމާއި ސަގާފީ އީދު ކުޅިވަރުތަކާއި، އީދު ޝޯވ ފަދަ ހަރަކާތްތައް ބޭއްވިއެވެ. އެރަށެއްގައި ނެތަސް ލިބެމުންދާ ވީޑިއޯތަކުން އެތައް ބަޔަކު އީދަށް ރަށްރަށަށް ގޮސްފައިވާކަން އެނގެއެވެ. މީގެ ކުރިން ފަޅުވެފައިވާ ރަށްތަކަށް ދިރުން ގެނެސްދީފިއެވެ. ގުޅުން ބަދަހިކޮށް ވާހަކަދައްކާ މަޖާކޮށްލަން ލިބުނު 9 ދުވަހުގެ ފުރުސަތު ހާދަ ބަަޔަކު ބޭނުން ކުރެއޭ ހިތައް އެބަ އަރައެވެ. ސަރުކާރު ބަންދު ދުވަސްތަކުގެ ގޮތުގައި މި ހަފްތާގެ ފަސް ދުވަސް ހަމަޖެހިފައިވުމުން، އެކި ރަށްރަށަށް މީހުން ދިޔައީއެވެ. އާއިލާ ކައިރިއަށް ދިޔަައީއެވެ.

މިފަހަރު އީދުގެ ހަރަކާތްތައް ސެނެޕް މެދުވެރިކޮށް ބެލި މީހުންގެ ޝަކުވާތަައް އަޑު އަހާލައްޗެވެ.