ލިސްޓަރިން ބްރޭންޑްގެ މައުތް ވޮޝް ކޮންމެ ދުވަހަކު ބޭނުން ކުރާނަމަ ދެ ވައްތަރެއްގެ ކެންސަރު ޖެހުމުގެ ފުުރުސަތު ބޮޑު ކަމަށް ދިރާސާއަކުން ދައްކައިފިއެވެ.

މި ދިރާސާތައް ހެދުމުގައި ހަރަކާތްތެރިވަމުންދިޔަ ސައިންވެރިންނަށް އެނގިފައިވާގޮތުން "އަލްކޮހޯލް ބޭސްޑް މައުތުވޮޝް"ގެ ސަބަބުން ޖަރާސީމު އެކި މިންވަރަށް އުފެދި، އެސޯފެޖިއަލް އަދި ކޮލޮރެކްޓަލް ކެންސަރު ޖެހުމުގެ ފުރުސަތު ބޮޑުވެއެވެ.

ބެލްޖިއަމްގެ އެންޓްވާޕްގައި ހުންނަ އިންސްޓިޓިއުޓް އޮފް ޓްރޮޕިކަލް މެޑިސިން އިން މި ދިރާސާ ކުރިއަށް ގެންދިޔައިރު، ސައިންސްވެރިން ވަނީ މި ދިރާސާއަށް ބޭނުންވާ މައުލޫމާތު އެއް ކުރުމަށް ކޮންމެ ދުވަހަކު މި މައުތުވޮޝް ބޭނުންކުރުމުންދާ ފިރިހެނުންގެ މެދުގައި އެކަމުން ކުރާ ނޭދެވޭ އަސަރުތައް ދެނެގަނެފައެވެ.

މި ދިރާސާގައި 59 މީހަކު ބައިވެރިވިއިރު، މި ދިރާސާއަށް އެ މީހުން ތިން މަސް ވަންދެން ކޮންމެ ދުވަހަކު މި ބްރޭންޑްގެ މައުތްވޮޝް ބޭނުންކުރިއެވެ. އަދި ތިން މަސް ދުވަހުގެ "ޕްލެސީބޯ މައުތުވޮޝް" ނުވަތަ އެ ނޫން ވައްތަރެއްގެ މައުތްވޮޝް ބޭނުންކޮށްގެން ދިރާސާގެ މައުލޫމާތު އެއްކޮށްފައި ވެއެވެ.

މީގެން އެނގުނުގޮތުގައި އަލްކޮހޯލް ބޭސްޑް ލިސްޓަރިން ކޫލް މިންޓް މައުތުވޮޝް ބޭނުން ކުރުމަށްފަހު ބައިވެރިންގެ އޯރަލް މައިކްރޮބަޔޮމްގައި ބެކްޓީރިއާ އެކުލެވިގެންވާ މިންވަރާއި އަދަދަށް ވަރަށް ބޮޑު ތަފާތެއް އައިސްފައިވާކަންް އެނގެއެވެ.

އެގޮތުން ކޮންމެ ދުވަހަކު ވެސް މައުތުވޮޝް ބޭނުން ކުރުމުން، ދެ ވައްތަރެއްގެ ޖަރާސީމެއް ކަމަށްވާ ފުސޯބެކްޓީރިއަމް ނިއުކްލިޓަމް އާއި ސްޓްރެޕްޓޮކޮކަސް އެންޖިނޯސަސް ވަރަށް ބޮޑަށް ހަށިގަނޑުގެ ތެރޭގައި އެކުލެވިގެންވާ ކަން ހާމަވިއެވެ.

އަދި މި ބެކްޓިރިއާތަކަކީ ގޮހޮރުގެ ބަލިތަކާއި އެސޯފެޖިއަލް އަދި ކޮލޮރެކްޓަލް ކެންސަރު ފަދަ އެތައް ބައްޔަކާ ގުޅިފައިވާ ދެ ބާވަތެއްކަމަށް ބުނެފައި ވެެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. Anonymous

    ރާއްޖެއަށް އެތެރެކުރުން ހުއްޓާލަންވީ

    14
    1
  2. ދޯ

    މިހާ ނުރައްކާތެރި އެއްޗެއް މަނާކުރަންވީނުން.

    11
    1
  3. Anonymous

    ނުރައްކާތެރި އެއްޗެއް އެތެރެ ނުކޮށްބަލަ ކުދިންނޭ
    އެބަލި ވަރަށް ގިނަ މިހާރު

    12
    1
  4. ހުސޭނުބޭ

    އެހެން ޤައުމެއްގާނަމަ ވަގުތުން މަނާކުރާނެ! ރާއްޖޭގައި އަޑެއްލައްވާލާފައި ތިބެނީ!

    4
    1
  5. މަންނު

    ފުރަތަމަ ސިނގިރޭޓް މަނާ ކުރަން ވީ