ސަރުކާރުން ބަންދު ދުވަހެއް އިއުލާން ކުރުމާއެކު ދެން މީސް މީޑިއާގެ އެންމެ ގިނައިން ދެކެވޭ ނުވަތަ މީސް މީޑިއާގައި އެންމެ ވައިރަލްވާ ޕޯސްޓަކަށް ވާނީ "އެންމެންނަކަށް ބަންދެއް ނުވާނެ ލަކްޝްމަން" މީމްއެވެ. މި ހަފްތާ ބަންދުވެސް ވެގެން ދިޔައީ އެހެނެންނެވެ. އީދު ބޮޑު ބަންދުގެ ތެރެއަށް އިތުރު ދުވަހެއް އިތުރުވާކަން ސަރުކާރުން އިއުލާން ކުރުމާއެކު ފޭސްބުކްގައި އެންމެ ބޮޑަށް ވައިރަލްވި މީމްއަކީ "އެންމެންނަކަށް ބަންދެއް ނުވާނެ ލަކްޝަމަން" އެވެ.

"ލަކްޝްމަން މީމް" އަކީ އެހެނިހެން ކަންކަމާއި ގުޅިގެން ވެސް މީސް މީޑިއަގައި ވަރަށް ބޮޑަށް ވައިރަލްވާ މީމްއެކެވެ. އެ މީމްގެ ވަރަށް ބޮޑަށް ވައިރަލްވާއިރު، ރާއްޖޭގައި އާއްމުކޮށް "ލަކްޝްމަން" މީމް ވައިރަލް ވަނީ ބަންދު ދުވަސްތަކާއި ގުޅުވައިގެންނެވެ.

ސަރުކާރުން ބަންދު ދުވަހެއް އިއުލާން ކުރުމާއެކު އަމިއްލަ ކުންފުނިތަކާއި، ސަރުކާރުގެ ބައެއް ތަންތަނުގައި މަސައްކަތް ކުރާ މީހުން "އެންމެންނަކަށް ބަންދެއް ނުވާނެ ލަކްޝަމަން" މިހެން ޖަހާ ޕޯސްޓްތައް ދައުރު ކުރެއެވެ.

"ލަކްޝަމް މީމް"ގެ އަަސްލަކީ ކޮބާ؟

އެ މީމްއަކީ އިންޑިއާގެ މަޝްހޫރު ސުޕަރ ސްޓަރ ޝާހްރުކް ޚާން ލީޑް ރޯލުން ފެނިގެންދާ "މޭ ހޫނާ" ގެ މަންޒަރެކެވެ. މީގެ 20 އަހަރު ކުރިން ފަރާ ޚާން ޑައިރެކްޓްކުރި މި ފިލްމަކީ އެންމެ ފުރަތަމަ ފިލްމު ސްކްރީނަށް އައިއިރު ބްލޮކްބަސްޓާ ހިޓް ފިލްމެއްކަންވެސް ފާހަގޮށްލެވެއެވެ. 2004 ވަނަ އަހަރު ރިލީޒްކުރި ފިލްމަކީ- ރޮމޭންޓިކް ކޮމެޑީއެއްގައި އިންޑިއާ-ޕާކިސްތާނުގެ ހަމަނުޖެހުންތަކަށް އަލިއަޅުވާލާފައިވާ ފިލްމެކެވެ.

އިމޯޝަނަލް މަންޒަރެއް ދައްކުވައިދޭ އެ މަންޒަރު ފިލްމުގައި ފެނިގެން ދަނީ ލަކްޝްމަންގެ ރޯލުގެ ކުޅޭ ޝާހްރުކް އާއި ލަކްޝްމަންގެ ރޯލް ކުޅޭ ޒައިދު ޚާން އާ ސަންޖަނާ ބަކްޝީގެ ރޯލް ކުޅޭ އަމްރިތާ ރައޯ ދެމެދު ދެކެވޭ ވާހަކަތަކެވެ.

ސަރުކާރުގެ ބޮޑު ބަންދު!

އީދާއި ގުޅުވައިގެން ސަރުކާރުން ފަހުން ވަނީ މި ހަފްތާ ބުރާސްފަތި ދުވަސްވެސް ބަންދުކޮށްފައެވެ. މިއާއެކު މި ހަފްތާގެ ހަތް ދުވަހުގެ އިތުރުން ހުކުރު ހޮނިހިރާއި އެކީ 9 ދުވަސް ބަންދު ވެގެން ދާނެއެވެ.

ސަރުކާރުގެ އޮފީސްތައް ހުޅުވޭނީ 23 ޖޫން ވާ އާދިއްތަ ދުވަހެވެ.