ޖެނުއަރީ މަހު ބޭއްވި ޕެރިސް ފެޝަން ވީކްގައި ކައިލީ ޖެނާ ފެނުމުން އޭނާއަށް އަމާޒުވި ފާޑުކިޔުންތަކާއި ގުޅިގެން އޭނާއަށް ވަރަށް ބޮޑަށް ރޮވިއްޖެއެވެ.

ކާޑޭޝިއަންސްގެ މި ހަފުތާގެ އެޕިސޯޑުގައި ކައިލީ ވަނީ އޭނާގެ ފޮޓޯތައް ވައިރަލްވުމާ ގުޅިގެން މީސް މީޑިއާގައި އޭނާ "މުސްކުޅި" ކަމަށް ބުނެ ގިނަ ބަޔަކު ފުރައްސާރަ ކުރަމުން އަންނަ ކަމަށް ބުނެފައެވެޒ އޭނާ ދެރަވެފައި މި ވާހަކަ ދައްކަނީ އޭނާގެ ދައްތަ ކެންޑަލް ކައިރީގައެވެ.

އާ ސީޒަން 5 ގެ އެޕިސޯޑް ކަމަށްވާ "ބޭބީ ރޮކީ" ގައި ކައިލީ އާއި ކެންޑަލް ވާހަކަ ދައްކަނީ އެ މީހުންގެ މަޝްހޫރު އާއިލާ "ޑިހިއުމަނައިޒް" ކޮށްފައިވާ އާންމުންނާއި މީޑިއާގެ ހިޔާލުތަކާއި މެދު އެ ދެ މީހުން ދެކޭ ގޮތުގެ ވާހަކައެވެ.

ކައިލީއަށް މީގެ ކުރިންވެސް ވަރަށް ބޮޑަށް ފާޑުކިޔުންތައް އަމާޒުވިއެވެ.

"ކީއްވެ މީހުން ހީކުރަނީ އަހަރެންނާ ބެހޭ ގޮތުން ވާހަކަ ދެއްކުން އޯކޭކަމަށް؟" އޭނާ ރޮމުން ބުންޏެވެ. އެއިރު ކެންޑަލް އޭނާގެ ގައިގައި ބައްދައެވެ.

"ލިޕް ފިލާ ސާޖާރީ ހެދުމުގެ ކުރިންވެސް މީހުން އޭނާގެ ސިފައަށް ކޮމެންޓް ކުރަމުން ދިޔަ،" ކަމަށް އޭނާ ބުންޏެވެ.

ކައިލީ އިތުރަށް ބުނީ ބައެއް މީހުން އޭނާގެ ސިފައަށް ތައުރީފު ކުރާ ކަމަށާއި ނަމަވެސް އަނެއް ބަޔަކު އޭނާއަށް ފާޑުކިޔަނީ ޕްލާސްޓިކް ސާޖަރީތަކެއް ކުރި ކަމަށް ހީވާތީ ކަމަށެވެ.

"އަހަރެން މިހިރީ، ޕްލާސްޓިކް ސާޖަރީއެއް ހެދިޔަސް، އަދި މިހުރިހާ އެއްޗެއް ލިބުނަސް، އަދިވެސް މީހެއްގެ ސިފަތަކުގެ ވާހަކަ ދެއްކުމަކީ އޯކޭ ކަމެއް ނޫން". ކައިލީ ބުނެފައި ވެއެވެ.