އެކީގައި މުޅި އުމުރު ހޭދަ ކުރާނެ ކަމަށް ބެލެވުނު ލޯބިވެރިޔާ ގެއްލިގެން ދިއުމުން ކުރާ ހިތާމަ ބުނެދޭންވެސް ނޭނގޭނެއެވެ. އެކި މީހުން އެ ހިތާމަތައް ތަހައްމަލު ކުރަމުންދާނީ އެކި ގޮތަށެވެ. އެ ހިތާމަ ތަކުގައި މުޅި އުމުރު ހޭދަ ކުރާ މީހުން އުޅޭއިރު، އެ ހިތާމަތަކުން އަރައިގަންނަން މަސައްކަތް ކުރަމުންދާ މީހުންވެސް މަދެއް ނޫނެވެ.

ލޯބިވެރިޔާއާ ރުޅިވުމަށް ފަހު މުޅިން އާދަޔާ ހިލާފު ކަންކަންވެސް ދިމާވެއެވެ. އަދި އާއްމުކޮށް އެ ގުޅުން ކެނޑޭ ފަހުން ދިމާވާ ނޫނީ ކުރެވިދާނެ ކަންކަން ހުރެއެވެ. އެއީ ހަމަ ވަރަށް އާދައިގެ ކަންކަމެވެ.

އޭގެ ތެރެއިން ބައެއް ކަންކަމަށް ބަލައިލަމާ ހިނގާށެވެ.

1- ލޯބިވެރިޔާއާ ރުޅިވުމަކީ އެންމެ ރަނގަޅު ނިންމުންކަން ކަށަވަރުކޮށް އެނގުނު ނަމަވެސް އޭނާގެ މަތިން ވަރަށް ބޮޑަށް ހަނދާންވެދާނެއެެވެ.

2- އެ ގުޅުމުގައި މަސައްކަތް ނުކުރެވޭ ކަންކަން ހަނދާނުން ފިލަން ފަށާނެއެވެ. ރަނގަޅު ކަންތައްތަކާއި އުފާވެރި ހަނދާންތަކަށް ސަމާލުކަން ދޭން ފެށިދާނެއެވެ.

3- ކޮންމެ ގުޅުމެއްގައި ވެސް ބައިވެރިންގެ މެދުގައި ހިތްހަމަޖެހުމުގެ އިހުސާސެއް އުފެދެއެވެ. އެކަމަކު ލޯބިވެރިޔާއާ ރުޅިވުމަށް ފަހު އިތުރު މީހަކު ގުޅުމައިގެން ކުރިއަށްގެންދަން ފެނިދާނެތޯ ނޫނީ ހިތްހަމަޖެހުން ލިބިދާނެބާއޭ ހިތަށް އަރާނެއެވެ.

4- ގުޅުން ކެނޑެން ދިމާވި ސަބަބުތަކާއި މެދު ދެވަނަ ފަހަރަށް ވިސްނެން ފަށާއިރު، ދެ މީހުންގެ މެދުގައި ހިނގި ކަންކަން އެހެން ނަޒަރަކުން ބަލަން ފަށައެވެ.

5- އެކުގައި ހިއްސާ ކުރި އުފާވެރި ވަގުތަކާއި، އެކަކު އަނެކަކާ ހިއްސާ ނުކުރެވޭނެ މުސްތަގްބަލާއި މެދު ވެސް ހިތާމަ ކުރަން ފަށައެވެ.

ކިޔުންތެރިންގެ ހިޔާލު