ސޮނީ ޓީވީއިން ގެނެސް ދިނުމަށް ހަމަޖެހިފައިވާ އިންޑިއާސް ބެސްޓް ޑާންސާ 4 ގެ ޓީޒާ ދައްކާލައިފިއެވެ.

ކާމިޔާބު 3 ސީޒަނަކަށްފަހު 4 ވަނަ ސީޒަންއަކަށް މިހާރު ތައްޔާރުވެފައިވާ އިރު މި ޝޯ ޕްރެމިއާރ ކުރާނެ ކަމަށް ބުނެފައިވަނީ ޖުލައި 13 ގައެވެ. މި ޝޯ ގެނެސްދޭނީ ކޮންމެ ހޮނިހިރު އަދި އާދިއްތަ ދުވަހުގެ ރޭގަނޑު 7:30 ގައެވެ. މިފަހަރުގެ މި ޝޯގައި ޖަޖުންގެ ގޮތުގައި ފެނިގެންދާނީ ކުރިން ހުރިހާ ސީޒަން ތަކެއްގައިވެސް ޖަޖުކަން ކޮށްދީފައިވާ ގީތާ ކަޕޫރާއި ޓެރެންސް ލޯރެންސް ގެ އިތުރުން މަޝްހޫރު ތަރިއެއް ކަމަށްވާ ކަރިޝްމާ ކަޕޫރެވެ.

ފުރަތަމަ ދެ ސީޒަންގައި މަލައިކާ ފެނިގެންދިޔަ އިރު 3 ވަނަ ސީޒަންގައި ސޮނާލީ ފެނިގެން ގޮސްފައިވެއެވެ. މިފަހަރުގެ ޖަޖުންގެ ޕެނަލުން ކަރިޝްމާ ފެންނާނެ އިރު އޭނާ ވަނީ މީގެ ކުރިން ސީޒަނުގައި ގެސްޓެއްގެ ގޮތުގައި ފެނިގެން ގޮސްފައެވެ. ކަރިޝްމާ އަކީ ޖަޖުންގެ ޕެނަލަކުން މީގެ ކުރިންވެސް ފެނިފައިވާ ތަރިއެކެވެ. އެގޮތުން ސްޓާރ ޕްލަސް އިން ގެނެސްދިން ނަޗްބަލިއޭ ސީޒަން 4ގެ ޖަޖުކަން ފާހަގަކޮށްލެވެ.

ޝޯ ގެ ޓީޒާ އިން ބުނެދީފާ ވަނީ ބޭނުން ކޮންމެ ގަޑިއެއްގައި ކޮންމެ ތަނެއްގައި ހުރެ ވެސް ޑާންސް ކުރެވޭނެ ކަމަށެވެ. ސަބަބަކީ އަނެއްކާވެސް ނެށުމުގެ އާ ސީޒަނަކައިގެން "އިންޑިއާސް ބެސްޓް ޑާންސާ" ގެ 4 ވަނަ ސީޒަން އަކައިގެން އަންނަ ކަމަށެވެ.

ފާއިތުވި ސީޒަންތައް ކާމިޔާބުކޮށްފައިވަނީ ޓައިގާ ޕޮޕް އާއި ސޯމިއާ ކާމްލޭ އާއި ސަމަރްޕަން ލާމާއެވެ. ފާހަގަކޮށްލަންޖެހޭ ކަމަކީ މި ޝޯ އަކީ މުޅި ދުނިޔެގައިވެސް މީހުންގެ މަގްބޫލުކަން ހޯދާފައިވާ ޝޯއެއް ކަމެވެ.