އިންޑިއާގައި ކުލާސް ޓެސްޓެއްގައި ހިތުގެ ޑައިގުރަމް ކުރެހުމަށް ފަހު ލޭބަލްކޮށް އެ ބައިތަކުންގެ ކުރާ މަސައްކަތް ލިޔަން އައި ސުވާލެއްގެ ޖަވާބެއްގައި ކުއްޖަކު އެ ކުއްޖާއަށް ކަމުދާ ކުދިންގެ ނަންތައް ލިޔުމުން ވައިރަލް ވެއްޖެއެވެ.

އާންމުކޮށް ޓެސްޓު ޕޭރަރު ދިނުމުން މައްޗަށް ބަލަންތިބެ ލިޔާނެ ޖަވާބަކާއި މެދު ވިސްނާ ކުދިން މަދެއްނޫނެވެ. ސުވާލު ހުސްކޮށް ދޫނުކުރަން ވެގެން ކޮންމެސް ގުޅޭ ކަހަލަ ޖަވާބެއް ނަމަވެސް ދީފައިވާނެއެވެ. ނަމަވެސް މިހާރު އިންޓަނެޓުގައި ދައުރުވަމުންދާ ފޮޓޯއެއްގައި ފެނިގެންދަނީ ކުއްޖަކު ހިތުގެ ޑައިގުރަމެއް ކުރަހާ ލޭބަލްކޮށް އަދި އޭގެން ކުރާ މަސައްކަތްތައް ލިޔަން ބުނުމުން އެކުއްޖާއަށް ކަމުދާ ކުދިންގެ ނަންތައް ލިޔެފައިވާ ތަނެވެ.

އެކުއްޖާގެ ޕޭޕަރުގައި ހިތުގެ ލޭބަލްގެ ބަދަލުގައި ލިޔެފައިވަނީ ޕޫޖާ އާއި ހަރީތާ އާއި ނަމީތާ އާއި ޕްރިޔާ އަދި ރޫޕާގެ ނަމެވެ. އަދި ތިރީގައި އެކުއްޖާގެ އެކުދިންގެ ރޯލު ވަނީ ހިއްސާކޮށްފައެވެ.

އެގޮތުން، ހަރީތާ އަކީ އޭނަގެ ކުލާސް ކުއްޖެއް ކަމަށާއި އެއީ އޭނާގެ ކަނާތް ފަރާތުގައި އިންނަ ކުއްޖާ ކަމަށް ބުނެފައިވާ އިރު ޕްރިޔާ އަކީ އޭނާއާ އިންސްޓަގުރާމުން ދިމާވެގެން ވާހަކަ ދައްކާ ރައްޓެއްސެއް ކަމަށް ބުނެފައިވެއެވެ. އޭގެ އިތުރުން ޕޫޖާ އަކީ އޭނާއަށް ހަނދާން ނައްތާލުމަށް އުނދަގޫވި "އެކްސް"އެއް ކަމަށް ބުނެފައިވެއެވެ. އަދި ރޫޕާ އަކީ ސްނެޕްޗެޓުން ދިމާވެގެން ވާހަކަ ދައްކާ އޭނާ ވަރަށް ގަޔާވާ ކުއްޖެއް ކަމަށާއި އެންމެ ތިރިން ފާހަގަ ކޮށްފައިވާ ނިމިތާ އަކީ އޭނާގެ އަވަށްޓެރިއެއްގެ ދަރިއެއް ކަމަށާއި އެކުއްޖާ ހުންނާނި ވަރަށް ލޯ ބޮޑުކޮށް ދިގު އިސްތަށިގަނޑެއް ލައިފާ ކަމަށް ލިޔެފައިވެއެވެ.

އެ ފޮޓޯއަށް ކޮމެންޓު ކުރާ މީހުން ދަނީ، މިއީ ވަރަށް ތަފާތު ޖަވާބެއް ކަމަށް ބުނެ އެނާ އެ ސުވާލު ދޫކޮށްނުލާ ކޮޮންމެ ވެސް ޖަވާބެއް ދިން ކަން ފާހަގަކޮށްފައެވެ. އަދި ޓީޗަރު އެކުއްޖާއަށް އެ ޓެސްޓުގައި 0 ދިނުމުން އެކަމާއި ގުޅިގެން ބައެއް މީހުން ބުނެފައިވަނީ އެވަރުގެ މޮޅު ހުނަރަކަށް "މަދުވެގެން 2 މާރކްސް" ދޭން ޖެހޭނެ ކަމަށެވެ.

މިފޮޓޯ އިންޓަނެޓުގައި ދައުރުވަމުންދާއިރު މިހާރު މި ފޮޓޮއަށް ވަނި އެއް މިލިއަން ލައިކްސް ލިބިފައެވެ.

ކިޔުންތެރިންގެ ހިޔާލު