ބޮލީވުޑްގެ މަޝްހޫރު ފިލްމީ ތަރި ޝާހިދު ކަޕޫރްގެ އަންހެނުން މީރާ ރާޖްޕޫތަކީ އޭނާގެ އަމިއްލަ ގޮންޖެހުންތަކުގެ ވާހަކަ ދައްކަން ފަސް ނުޖެހޭ މީހެކެވެ. އޭނާއަކީ ދެ ދަރިން ކަމަށްވާ މިޝާ އާއި ޒައިންގެ މަންމައެވެ.

ދާދި ފަހުން މީރާ ވަނީ ފުރަތަމަ ދަރިފުޅަށް މާބަނޑުވި ދުވަސްވަރު ގާތްގަނޑަކަށް ދަރިދުޅު ބައިގެން ނުދިޔައީ ކިރިޔާ ކަމަށް ބުނެފައެވެ. ޕްރަކަރް ގުޕްތާގެ ޕޮޑްކާސްޓްގައި އޭނާއާ ވާހަކަ ދައްކަމުން މީރާ ބުނީ މިކަން ގިނަ ބަޔަކަށް ނޭނގޭ ކަމަށާއި ނަމަވެސް އަންހެން ދަރިފުޅަށް ބަނޑުބޮޑުވި އިރު އެއީ ބަނޑުބޮޑުވިވެސް ފުރަތަމަ ފަހަރު ކަމަށެވެ.

"އަހަރެންނަކީ ދުޅަހެޔޮ ސިއްހަތެއްގައި ހުރި މީހެއް. ދަރިން ލިބުމުގައި ވަރަށް ފިޓް. ބަނޑަށް ހަތަރު މަސް ވީތަނާ ކިރިޔާ ދަރިފުޅު ބައިގެން ނުދިޔައީ،".

ޑޮކްޓަރު އޭނާ ކައިރީގައި ދަރިފުޅު ކޮންމެ ވަގުތެއްގައިވެސް ބައިގެން ހިނގައިދާނެ ކަމަށް ބުނި ކަމަށްވެސް އޭނާ ބުނެފައި ވެއެވެ.

އެހެން ނަމަވެސް އެ ދަރިފުޅު ލިބުނު ނަަސީބު މި ދެމަފިރިންނަށް ލިބިގެން ގޮސްފައި ވެއެވެ.

މީރާ ވަނީ އޭނާގެ ފިރިމީހާ ޝާހިދު ވެސް މި އުނދަގޫ ދަނޑިވަޅުގައި އޭނާއަށް އެއްބާރުލުން ދިން ކަމަށްވެސް ބުނެފައެވެ.

ޝާހިދު ކަޕޫރާއި މީރާ ރާޖްޕޫތު ކައިވެނިކުރީ 2015 ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައެވެ. އެ ދެމަފިރިންނަށް ފުރަތަމަ ދަރިފުޅު ލިބުނީ 2016 ވަނަ އަހަރެވެ. އަދި 2018 ވަނަ އަހަރު ދެވަނަ ދަރިފުޅު ވަނީ ލިބިފައެވެ.

މަސައްކަތުގެ ގޮތުން މީރާ ރާޖްޕޫތު ވަނީ ދާދި ފަހުން އޭނާގެ ސްކިންކެއާ ބްރޭންޑް އަކިންޑް ލޯންޗްކޮށްފައެވެ. ޝާހިދު ކަޕޫރު އެންމެ ފަހުން ފެނިގެން ގޮސްފައިވަނީ ކްރިތީ ސެނަންއާ އެކު "ތޭރީ ބަތޯން މޭ އައިސާ އުލްޒާ ޖިއާ" އިންނެވެ.

ކިޔުންތެރިންގެ ހިޔާލު