ހޮނު އެޅި ވަގުތު އަންހެން ކުއްޖަކު ސަލާމަތްވާ މަންޒަރު ފެންނަ ބިރުވެރި ވީޑިއޯއަކަށް ގިނަބައެއްގެ ސަމާލުކަން ލިިބިއްޖެއެވެ. ވީޑިއޯއިން ފެންނަނީ އެ އަންހެން ކުއްޖާ ކޮޅަށް ހުރި ތަނާއި ވަރަށް ކައިރިއަށް ހޮނު އެޅިއިރު، އެ އަންހެން ކުއްޖާ އަވަސް އަވަހަށް ދުރަށް ދާ ތަނެވެ.

މިއީ އެތައް ބަޔަކަށް ބިރުވެރިކަން ގެނެސްދިން ވީޑިއޯއެކެވެ.

މި ވީޑިއޯ އެކްސް ހޭންޑްލް އެސްޑީސީ ވޯލްޑްގައި ވަނީ ޕޯސްޓްކޮށްފައެވެ.

"ބިހާރުގެ ސީތާމަރްހީގައި އަންހެން ކުއްޖަކު ރީލް ވީޑިއޯއެއް ހަދަމުން ދަނިކޮށް ހޮނު އެޅީ، އެ ކުއްޖާ އެކަމުން ވަނީ ސަލާމަތްވެފައި،" އެ ވީޑިއޯގެ ކެޕްޝަންގައި ވެއެވެ.

އެ ވީޑިއޯއިން ފެންނަނީ އެ އަންހެން ކުއްޖާ ނަށަމުން ދިޔައިރު އޭނާގެ ކައިރިއަށް ހޮނު އަޅާ ތަނެވެ. އޭނާ ވަނީ ސަލާާމަތް ވުމަށް ކަންފަތުގައި އަތް އަޅައިގެން ދުރަށް ޖެހިލާފައެވެ. ވަގުތުން ކަންފަތް ފޮރުވާލަމުން ސަލާމަތަށް އޭނާ ދުރަށް ޖެހިލައެވެ.

މި ޕޯސްޓު ޝެއާ ކުރި ފަހުން މިހާތަނަށް ގާތްގަނޑަކަށް 2،700 ވިއުސް އާއި ގިނަ ލައިކްސް ވަނީ ލިބިފައެވެ. މި ވީޑިއޯއަށް އެކި ކަހަލަ ކޮމެންޓްތައް ޕޯސްޓް ކުރަމުންދެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ހެޔޮ

    މަރުވިޔަސް ހެޔޮ ތުއިތަޅުވަންވާނެ

    13
  2. މީ

    އަސްތަޤްފިރުﷲ

    10
  3. އަހައްމަދޫ

    އަދިވެސް ފާޑުފާޑުގެ ވީޑިޔޯ ހަދާތި