މަޝްހޫރު އެކްޓަރެއް ކަމަށްވާ ހީނާ ޚާން ދާދި އޭނާގެ ސިއްހަތާ ބެހޭ ގޮތުން ދެކެވޭ ވާހަކަތަކަށް ޖަވާބު ދީފިއެވެ.

ހީނާ ވަނީ އޭނާއަށް ސްޓޭޖް ތިނެއްގެ އުރަމަތީގެ ކެންސަރު ޖެހިފައިވާކަން ކަށަވަރުކޮށްދީފައެވެ.

އުރަމަތީގެ ކެންސަރަކީ ދުނިޔޭގެ ގިނަ އަންހެނުންނަށް ޖެހޭ ސީރިއަސް ސިއްޙީ ބައްޔެކެވެ.

އުމުރުން 36 އަހަރުގެ ހީނާ ޚާން އޭނާގެ އިންސްޓަގްރާމް ގައި ހިއްސާކުރި ދިގު ނޯޓެއްގައި ބުނެފައި ވަނީ "މި ބަލިން އަރައިގަތުމަށް އަޒުމް ކަނޑައަޅާފައިވާ" ކަމަށެވެ.

ހީނާ ޚާންގެ ބަޔާނުގައި ބުނެފައި ވަނީ "މިހާރު ފެތުރެމުންދާ ވާހަކަތަކަށް ހައްލެއް ހޯދުމުގެ ގޮތުން އޭނާ ދެކެ ލޯބިވާ އެންމެންނަށް ވެސް މުހިންމު ހަބަރެއް ހިއްސާކުރަން ބޭނުންވޭ. އަހަރެންނަށް ސްޓޭޖް ތިނެއްގެ އުރަމަތީގެ ކެންސަރު ޖެހިފައިވާކަން ވަނީ އެނގިފައި. މި ގޮންޖެހުންބޮޑު ޑައިގްނޯސިސްއާ އެކުވެސް، ހާލު ރަނގަޅުކަން އެންމެންނަށް ޔަޤީންކޮށްދެން. އަހަރެންނަކީ ހަރުދަނާ، އަޒުމް ކަނޑައަޅައި، ހަގީގަތުގައި ވެސް މި ބަލިން އަރައިގަތުމަށް މަސައްކަތް ކުރާ މީހެއް."،

އޭނާ ވަނީ އެ ބަލީހެ ފަރުވާ މިހާރު ފަށާފައިވާކަން ކަށަވަރުކޮށްދީފައެވެ.

ހިންދީ ޓީވީ އިންޑަސްޓްރީގައި މަގުބޫލު ނަމެއް ކަމަށްވާ ހީނާ ޚާން އަކީ މަޝްހޫރު ޓީވީ ސިލްސިލާ "ޔޭ ރިޝްތާ ކިޔާ ކެހެލާތާ ހޭ" ގައި އަކްޝަރާގެ ރޯލުން ފެނިގެން ދިޔަ ބަތަލާއެކެވެ. "ކަސޯޓީ ޒިންދަގީ ކޭ 2" ގައި އޭނާ ކުޅެފައި ވަނީ ބަތަލާ ކޮމޮލިކާގެ ރޯލެވެ. ނަމަވެސް ދުވަސްކޮޅަކަށް ފަހު އޭނާ ވަނީ ޝޯ ދޫކޮށްލައިފައެވެ.

ކިޔުންތެރިންގެ ހިޔާލު