މާލޭ މާފަންނުގައި އުޅޭ ބަލި ބުޅަލެއް، ހިފައި ހަވާލުކޮށްދޭ ފަރާތަކަށް 300 ޑޮލަރު ދިނުމަށް ހުށަހަޅައިފިއެވެ.

ފޭސްބުކުގައި ހިންގާ "މޯލްޑިވިއަން ކެޓަހޮލިކް" ޕޭޖުގައި ބޭރު މީހަކު ކުރި ޕޯސްޓެއްގައި ބުނެފައިވަނީ އެސަރަަހައްދުގައި އުޅޭ ބަލި ބުޅަލަކަށް ފަރުވާ ދިނުމަށް މީހަކު ބޭނުންވާ ކަމަށާއި އެހެން ކަމުން އެ ބުޅާ ހޯދައިދޭ ފަރާތަކަށް 300 ޑޮލަރު ދިނުމަށް ވެސް އެމީހާ ހުށަހަޅާފައިވާ ކަމަށެވެ.

އޭނާ ބުނި ގޮތުގައި މީހަކު ވަނީ އިއްޔެ ވެސް އެ ބުޅާ ހޯދުމަށް މަސައްކަތް ކޮށްފައެވެ. ނަމަވެސް އެކަން ކާމިޔާބު ނުވާ ކަމަށް ވަނީ ބުނެފައެވެ. އަދި އެއްވެސް މީހަކަށް އެ ބުޅާލާއި ކައިރިވެސް ނުވެވޭ ކަމަށް ވަނީ ބުނެފައެވެ.

އެ ޕޯސްޓަށް މީހަކު ކުރި ކޮމެންޓަކަށް ޖަވާބު ދެމުން އޭނާ ބުނީ، އެ ބުޅާ އުޅެނީ ބިސްބުރު ކައިރީގައި ކަމަށެވެ. އަދި އެ ބުޅާ މިއަދު ހޯދައި، ފަރުވާ ދިނުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް ވެސް ވަނީ ބުނެފައެވެ.

ބުޅާ ހޯދާ ފަރާތްތަކަށް ފަސޭހަ ކުރުމުގެ ގޮތުން އޭނާ ވަނީ ޕޯސްޓުގައި ބުޅަލުގެ ފޮޓޯ ވެސް ޖަހާފައެވެ. އޭނާ އާންމު ކުރި ފޮޓޯއިން ފެންނަ ގޮތުގައި ބުޅަކަށް އެކިވަރުގެ އަނިތަކެއް ވަނީ ވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ޟނ

    ތި ލާރި ތައް މާލޭގައި ތިބި ނިކަމެތިން ނަށް ބަހާލަބާ

    20
    28
    • އަހުމަދުު

      މީހަކު ރަނގަޅު ކަމެއް ކުރަންއުޅެންޔާ އެއަނބުރަންވާނެ ތިމާބޭނުންވާ ގޮތަށް

      15
      1
    • ބަހުލޫލު

      ނިކަމެތިން ތި ލާރި ހިފައިގެން ގޮސް ސިނގިރޭޓް ބޯން ތިބޭނީ

      4
      2
  2. އިބުރާހީމް

    އެ ބުޅާ މަރުވެއްޖެ

    1
    2
  3. Anonymous

    މާލޭގަ ނިކަމެތިވާނީ މާލޭގަ ގެދޮރު އޮވެފަ ތިންހަތަރު ފުލެޓް ލިބިފަ ތިބި މީހުން އެކަނި.

    10
    4
  4. ބިއްލީ

    ބުޅަލަށް ކުރާ އަނިޔާ ހުއްޓާލާ

    15
    1