ކަލާސް ޓީވީ އިން ގެނެސްދެމުން އަންނަ "ޚަތްރޯން ކޭ ކިލާޑީ" ސީޒަން 14 ގެ ޓީޒާ ދައްކާލައިފިއެވެ.

ކާމިޔާބު 13 ސީޒަންއެއް ގެނެސްދިނުމަށްފަހު އާ ތަރިންތަކަކާ އެކު މިހާރު މުޅިން އާ ސީޒަނެއް ގެނެސްދިނުމަށް މިވަނީ ތައްޔާރުވެފައެެވެ. މިފަހަރުގެ މި ޝޯގެ ޝޫޓިން ކުރިއަށް ގެންގޮސްފައިވަނި ރޮމޭނިއާގައެވެ.

މި ޕްރޮމޯގައި ފެނިގެންދަނީ ހުރިހާ ބައިވެރިންވެސް ރޮމޭނިއާއަށް ފޭބުމާއި އެކިން ކުރާނެ ކަންތައްތަކާއި ބެހޭ ގޮތުން ވާހަކަ ދައްކާ ރާވާމުންދަނިކޮށް ރޯހިތު ޝެޓީގެ އަޑުއިވި އެމީހުންގެ ފުރަތަމަ ސްޓަންޓު ފެށިގެންދާ ތަނެވެ. އަދި ހުރިހާ ބައިވެރިންވެސް ވާނުނާ ނޭނގިފައި ތިބޭ މަންޒަރު ފެނެއެެ.

މި ޝޯ އަކީ ތަފާތު އެކި ދާއިރާތަކުގެ ފަންނާނުން ބައިވެރިވާ ޝޯއެކެވެ. އެހެން ކަމުން މިފަހަރުގެ ޝޯގައިވެސް ވަރަށް އާ އަދި ވަރަށް އާންމު މޫނުތަކެއް ފެނިގެންދާނެއެވެ. އެގޮތުން، ޝާލިން ބަނޯތް، ގަޝްމީރް މަހަޖާނި، ނިޔަތި ފަޓްނާނީ، އާސިމް ރިއާޒް، އަބީޝެކް ކުމާރު، ސުމޯނާ ޗަކްރަވަތި، ޝިލްޕާ ޝިންޑޭ، އަދި ކްރިޝްނާ ޖެކީ ޝްރޮފް ފަދަ ތަރިން ފާހަގަކޮށްލެވެއެވެ.

ކުރިން ހުރިހާ ސީޒަނެއްވެސް ހޯސްޓުކޮށްފައިވާ ރޯހިތު ޝެޓީ މިފަހަރުގެ ޝޯވެސް ހޯސްޓުކޮށްދެއެވެ. އަދި ރޯލިތު އާއި އެކިން އޭނާގެ ކުޅަދާނަ ޓީމުވެސް މަސައްްކަތް ކުރާނެއެވެ. ރޯހިތު ފާހަގަ ކުރެވެނީ އަބަދުވެސް ވަރަށް އެކްޝަން ބޮޑު އަދި ތަފާތު ފިލްމު ގެނެސްދޭ ފަރާތެއްގެ ގޮތުގައެވެ.

މި ޝޯގެ ޓީޒާ ދައްކާލި ނަމަވެސް އަދި މި ޝޯ ޕްރެމިއަރ ކުރާނެ ވަކި ދުވަހެއް ހާމަ ކޮށްފައެއް ނުވެއެވެ.