ބިގްބޮސް ސީޒަން 15 ގެ މަޝްހޫރު ޖޯޑެއް ކަމަށްވާ ކަރަން ކުންދަރާ އާއި ތޭޖަސްވީ ރުޅި ނުވާ ކަމަށް އެމީހުން ބުނެފިއެވެ.

މި ޖޯޑަކީ ބެލުންތެރިންގެ ލޯބި ވަރަށް ބޮޑަށް ލިބިފައިވާ ޖޯޑެކެވެ. އެމީހުންގެ ލޯބީގެ އެކި އެކި ތަސްވީރުތައް ދަނީ އެމީހުންގެ ފޭނުންނާ ހަަމައަށް ހިއްސާކުރަމުންނެވެ. ނަމަވެސް މި ފަހަކަށް އައިސް ދެމީހުން އެކުގައި ފެނުން މަދުވުމުންނާއި އިންސްޓަގުރާމަށް ދެމީހުން އެކުގައި ނަގާފައިވާ ފޮޓޯތައް ހިއްސާކޮށްްފައިނުވާތީ ވަރަށް ގިނަ ފަރާތްތަކުން ވަނީ އެމީހުން ރުޅިވެގެން އުޅޭ ކަމުގެ އަޑުތައް ފަތުރައިފައެވެ.

އެ އަޑުތައް އަރާފައި ވަނިކޮށް ދެމީހުން ވަނީ ރުޅި ނުވާ ކަމަށް ބުނެ ދެ މީހުން އެކުގައި އިނގިރޭސި ވިލާތުގެ ލަންޑަންގެ ގޭޓްވޭގައި ނަގާފައިވާ ތަފާތު ފޮޓޯތަކެއް ހިއްސާކޮށްފައެވެ. ކަރަން ބުނެފައިވަނީ އެދެމީހުން ވަކިވުމަކީ ނުވާނެ ކަމެއް ކަމަށެވެ. މި ފޮޓޯ ހިއްސާކުރުމާއެކު ފޭނުން ވަނީ އެކަމާ އުފާފާޅުކޮށްފައެވެ. އަދި ރުޅިވި ކަމަށް އަޑު ފެތުރި މީހުން ވެސް ކަމުގެ ހަގީގަތް ބަލައިގެން ވާހަކަތައް ފެތުރުމަށް އެދިފައިވެއެވެ.

ކަރަން އާއި ތޭޖާގެ ލޯބީގެ ގުޅުން ފެށިފައިވަނީ ބިގްބޮސް ސީޒަން 15 ގައެވެ. އެ ޝޯގައި ދެމީހުން އެކުގައި މަސައްކަތްކޮށް ދިމާވި ހުރިހާ ކަމެއްގައި ވަނީ އެހީތެރިކަން ދީފައެވެ. މިހާރު އެ ގުޅުމަށް ވަނީ ތިން އަހަރު ވެފައެވެ.

ތޭޖަސްވީ މިހާރު ޓީވީގެ މަސައްކަތްތަކާއި ދުރުގައި އުޅުނު ނަމަވެސް އޭނަ ވަނީ ނާގިންގެ ވަރަށް ކާމިޔާބު ދެ ސީޒަން ނިންމާލާފައެވެ. ކަރަން މިހާރު ކުރަމުންދާ މަސައްކަތަކީ ކަލާސް ޓީވީން ގެނެސްދޭ ބާރްތީ ހޯސްޓު ކުރާ ޝޯ "ލާފްޓާ ޝެފް" ގެ މަސައްކަތެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. Anonymous

    ތިޔަ ޒާތުގެ މީހުންނަކީ ނަމޫނާއަށް ބަލަންޖެހޭ މީހުންނެއް ނޫން. ނަމޫނާއަކަށް ބަލަންޖެހޭނީ ކޮން ބަޔަކުކަން ވަނީ ދީނުގައި އަންގަވާދެއްވާފައި.
    ތިޔަ މީސްމީހުން ނަމޫނާއަކަށް ބަލައިގެން ޒުވާން ޖީލެއް މި ޤައުމުގައި ހަލާކުވެ ޚަރާބުވެގެން މި ދަނީ. އެމީހުން ޖެހި ބެރަކަށް، ހެދި އެއްޗަކަށް އެއްޗެއް ހަދަނީ.